ޑިމޮކްރެޓްސްގެ ހަރުގެ ރޫޅާލައި ހުސް ކުރަން ފަށައިފި

ޑިމޮކްރެޓްސްގެ ހަރުގެ ރޫޅާލައި ހުސް ކުރަން ފަށައިފި

އެމްޑީޕީގެ އިސްސަފުގައި ތިބި ބައެއް ފަރާތް ތަކުން، އެމްޑީޕީއާއި ދެމެދު އުފެދުނު ޚިޔާލު ތަފާތުވުން ތަކެއްގެ ސަބަބުން އުފެއްދި "ދަ ޑިމޮކްރެޓްސް" ގެ މައިގެ ހަރުގެ ހުސް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޑިމޮކްރެޓްސްގެ ހަރުގެ "ހައުސް އޮފް ޑިމޮކްރެޓްސް" ނަމުގައި ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެއީ ކުރިން އެމްޑީޕީގެ މައި ހަރުގެ ހުރި ތަނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދަ ދީފައި ވަނީ މިދިޔަ އަހަރުގެ މޭމަހުގެ 24 ވަނަ ދުވަހުގައެވެ. އެ ޕާޓީއަކީ، އެމްޑީޕީގެ އިސްސަފުގައި ތިބި ބައެއް ފަރާތް ތަކުން، އެމްޑީޕީއާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުން ތަކެއްގެ ތެރެއިން އުފެއްދި ޕާޓީއެކެވެ. އީސީގެ ދަފުތަރުގައިވާ ގޮތުން ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ އަދަދަކީ 4364 އެވެ.

ޑިމޮކްރެޓްސްގެ ހަރުގެ ހުންނަ ބިމަކީ ކުރިން އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަދި މިހާރު ޑިމޮކްރެޓްސްގެ އެކްޓިވިސްޓެއްގެ ގޮތުގައި ހުރި ޝަފިއްޔާ ޒުބައިރުގެ ބިމެކެވެ.

އެނގިފައިވާ ގޮތުގައި ޑިމޮކްރެޓްސްގެ ހަރުގެ ހުސްކުރަން ފަށައިފައި ވަނީ ޝަފިއްޔާ ޒުބެއިން އެތަން ހުސް ކުރަން އެ ޕާޓީއަށް އެންގުމާ ގުޅިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *