ރަޝިޔާގެ އަސްކަރީ މަރުކަޒަކަށް ޔޫކްރެއިނުން ހަމަލާދީފި

ރަޝިޔާގެ އަސްކަރީ މަރުކަޒަކަށް ޔޫކްރެއިނުން ހަމަލާދީފި

ރަޝިޔާގެ ވައިގެ ސިފައިން ބޭނުން ކުރަމުންދާ ކޮމްބެޓް މިލިޓަރީ ބޭސް އަކަށާއި އޮއިލް ރީފައިނަރީ އަކަށް ޔޫކްރެއިނުން ވައިގެ ހަމަލާތަކެއް ދީފިއެވެ.

ސެކިއުރެޓީ ސާވިސް އޮފް ޔޫކްރެއިނުން ބުނީ، އެ ހަމަލާ ތަތަކީ މިހާރު ކުރިއަށްދާ ރަޝިޔާ، ޔޫކްރެއިން ހަނގުރާމަ އިތުރަށް ކުރިއަށް ނުގެންދިއުމަށާއި ހަނގުރާމަ ކުރިއަށް ގެންގޮސްފިނަމަ، ރަޝިޔާއަށް ގެއްލުންތަކެއް ވާނެކަން އަންގައި ދިނުމުގެ ގޮތުން ދިން ހަމަލާ ތަކެއް ކަމަށެވެ.

ރަޝިޔާގެ މީޑިޔާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޔޫކްރެއިންގެ ހަމަލާގެ ސަބަބުން އޮއިލް ރީފައިނަރީގެ އޮޕަރޭޝަންތައް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ، ޔޫކްރެއިނުން ވަނީ ވައިގެ ހަމަލާގެ ގޮތުގައި 66 ޑްރޯން އެއް ފޮނުވައިފައި ކަމަށެވެ. ޑްރޯން ހަމަލާގެ ސަބަބުން ރީފައިނަރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޔޫކްރެއިނުން ދިން ވައިގެ ހަމަލާއަށް ރައްދު ދިނުމަށް ގޮތެއް އަދި ވިސްނައިފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ ތާމަލް އެނާޖީ ފެސިލިޓީސް ތަކަށް ހަމަލާދީފައެވެ. ރަޝިޔާގެ އަސްކަރީ މަރުކަޒަކަށާއި އޮއިލް ރީފައިނަރީއަށް ޔޫކްރެއިނުން ހަމަލާދިނީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *