ހަމާސް ޖަމާއަތުން ނެރުނު ވީޑިޔޯގައި ވާހަކަ ދެއްކި މީހެއް

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލާއި އެމެރިކާގެ މީހުންގެ ވީޑިޔޯ އާންމު ކޮށްފި

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލާއި އެމެރިކާގެ މީހުންގެ ވީޑިޔޯ އާންމު ކޮށްފި

ފަލަސްތީނުގެ މިނިވަން ކަމަށް ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލާއި އެމެރިކާ މީހުންގެ ވީޑިޔޯ އާންމު ކޮށްފިއެވެ.

ހަމާސްއިން ބުނީ އެ ވީޑިޔޯ އާންމު ކުރުމުގެ ބޭނުމަކީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި މީހުން ދިރިހުރި ކަމާއި އެ މީހުންނަށް އަނިޔާވެރި ނުވާކަން ސާބިތުކޮށް ދިނުން ކަމަށެވެ. ހަމާސް ޖަމާއަތުން، އިޒްރޭލާއި އެމެރިކާގެ މީހުން، އެ ޖަމާއަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 7 އޮކްޓޫބަރު ހަމަލާގައެވެ. ހަމާސްގެ ބެލުމުގެ ދަށުގައި ގިނައިން ތިބީ އިޒްރޭލު މީހުންނެވެ.

ވީޑިޔޯ އާންމުވުމާއެކު ހަމާސް ޖަމާއަތާއި ނެގޯޝިއޭޓް ކުރުމަށް މިސްރުގެ ސަރުކާރުގެ ފަރާތުން ދަނީ މަސައްކަތް ކުރަމުންނެވެ. މިސްރުގެ ސަރުކާރުން މަސައްކަތް ކުރަނީ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލު މީހުން ސަލާމަތް ކުރުމުގެ ގޮތުންނެވެ.

ވީޑިޔޯގައި ވާހަކަ ދެއްކި އިޒްރޭލުން މީހުން ބުނެފައި ވަނީ އެ މީހުންގެ ހާލު  ރަނގަޅު ކަމަށާއި ވަރަށް އަވަހަށް އާއިލާއާ ބައްދަލު ކުރާނެ ކަމަށެވެ. އަދިި ވަނީ އިޒްރޭލުން، ގާޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށް އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *