ނޮޅިވަރަމް ދާއިރާއަށް އިންތިޚާބުވި ކެންޑިޑޭޓުވެސް ޕީއެންސީއަށް ސޮއި ކޮށްފި

ނޮޅިވަރަމް ދާއިރާއަށް އިންތިޚާބުވި ކެންޑިޑޭޓުވެސް ޕީއެންސީއަށް ސޮއި ކޮށްފި

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިބު ކުރުމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ވާދަކޮށް، ކާމިޔާބީ ހޯއްދެވި މުހައްމަދު ރަޝީދު (ރަޝީދުބެ) ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއި ކުރައްވައިފިއެވެ.

ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މުހައްމަދު ރަޝީދު އެ ޕާޓީއަށް ސޮއި ކުރައްވާފައިވާ ކަމަށެވެ.

މުހައްމަދު ރަޝީދުގެ އިތުރުން މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވި ހަ ކެންޑިޑޭޓަކުވެސް ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއި ކުރައްވާފައިވެއެވެ. އެ ބޭފުޅުން ޕީއެންސީއަށް ސޮއި ކުރެއްވީ މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު އެ ބޭފުޅުން ނެގި ފޮޓޯ އަކާއެކު ޕީއެންސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުން، އެ ޕާޓީއަށް އިއްޔެ ސޮއި ކޮށްފައިވާ ކަމަށެވެ.

ޕީއެންސީއަށް ސޮއިކުރެއްވި މެންބަރުންނަކީ:

ޑރ. އަނާރާ ނައީމް – ހުރާ ދާއިރާ

ހަސަން ޒަރީރު – މަތިވެރި ދާއިރާ

އަހުމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ

އަހުމަދު ރިޔާޒް – ތިމަރަފުށި ދާއިރާ

ޔާސީން އަބުދުﷲ – ނައިފަރު ދާއިރާ

އާޒިމް އަބްދުލް އަޒީޒް – ވިލިނގިލި ދާއިރާ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *