ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅުނު މީހެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗުގައި ފަރުވާ ދެނީ
ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެޗޭ އެއްޗެއްހުރި ބުލެޓްތަކެއް ފޮރުވައިގެން އުޅުނު މީހެއްގެ ހާލު ސީރިއަސްވުމުގެ ސަބަބުން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބުނީ އެ މީހާއަކީ ފުލުހުން މިރޭ މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށެވެ. އެ މީހާގެ އާއިލާއަށް އެކަމަކު މައުލޫމާތު މިހާރު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.