ފްލެޓް މައްސަލަ: އުސޫލާ ޚިލާފަށް އެއްވެސް މީހަކު ބާކީ ނުކުރާނެ: މިނިސްޓްރީ

ފްލެޓް މައްސަލަ: އުސޫލާ ޚިލާފަށް އެއްވެސް މީހަކު ބާކީ ނުކުރާނެ: މިނިސްޓްރީ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދަން ފަށާއިފައިވާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ އުސޫލާ ޚިލާފަށް އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީގެ ސަރުކަރުން ފުލެޓް ދިނުމަށް ނިންމާފައިވާ ލިސްޓަށް ބަދަލު ތަކެއް ގެނެސް މި ސަރުކާރުން ތައްޔާރު ކުރި ކަމަށް ބުނާ ލިސްޓެއް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ.

އެކަމާއި ގުޅިގެން ހައުސިންގ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މިނިސްޓްރީ އާއި މެދު އާންމުންގެ ހިތް ތަކުގައި ނުބައި ތަސައްވަރު ސޯޝަލް މީޑިޔާ މެދުވެރިކޮށް ފަތުރަމުންދާ ކަމަށެވެ.

"މި ސަރުކާރުގެ ވިސްނުމަކީ ދެންނެވުނު ދެ ސްކީމުގެ ދަށުން ވީހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިން ކަމުގައި ވާއިރު، އުސޫލާއި ޚިލާފަށް އެއްވެސް ރައްޔިތަކު މިއިން ސްކީމެއްގެ ދަށުން ބާކީކޮށް ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ" ހައުސިންގ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމަކީ އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމާއި ގުޅިފައިވާ ވަރަށް ހައްސާސް މައްސަލެއް ކަމަށާއި އެހެން ކަމުން މިނިސްޓްރީގެ ބަހެއް ނެތި ހަގީގަތާއި ޚިލާފު ވާހަކަތައް ފެތެރުމަކީ ސީރިއަސް މައްސަލައެއް ކަމަށްވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *