ރޭ އީރާނުގެ އިސްފަހާނަށް އިޒްރޭލުން ދިން ހަމަލާތައް އިސްފަހާނުގައި ގޮވަމުންދާ މަންޒަރު

އިިޒްރޭލުން އިރާނަށް ހަމަލާ ދީފި

އިިޒްރޭލުން އިރާނަށް ހަމަލާ ދީފި

އިރާންގެ މުހިންމު މިލިޓަރީ ވަސީލަތް ތަކެއް ހުންނަ އިސްފަހަން ސިޓީއަށް، އިޒްރޭލުން ވައިގެ ހަމަލާތަކެއް ދީފިއެވެ.

އިރާނުގެ ގައުމީ މީޑިޔާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިޒްރޭލުން ފޮނުވި ޑްރޯންތައް ވަނީ އިސްފަހަންގެ މުހިންމު ސަރަހައްދު ތަކަށް ވެއްޓި ގޮވައިފައެވެ. އިރާނުގެ މީޑިޔާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި  އިސްފަހަނުގައި ގޮވުން ތަކެއް ހިނގުމުގެ ސަބަބުން، ވައިގެ ދިފާއީ ނިޒާމުތައް އެކްޓިވޭޓްކޮށް، ތެހެރާނާއި އިސްފަހަން ހިމެނޭ ގޮތަށް ބައެއް ސަރަހައްދު ތަކުގެ ވައިގެ ދަތުރުތައް މިހާރު ވަނީ ހުއްޓާލައިފައެވެ. އިސްފަހަނަށް ދިން ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވިކަން ނުވަތަ މަރުވި ކަމަށް ރިޕޯޓު ކޮށްފައިނުވެއެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު "އޭބީސީ" އަށް ދެއްވި އިންޓަވިއެއްގައި ވަނީ އިޒްރޭލުން، އިސްފަހަންއަށް ވައިގެ ހަމަލާތަކެއް ރޭގެ ވަގުތެއްގައި ދީފައިވާކަން ކަށަވަރުކޮށްދީފައެވެ. އެމެރިކާގެ ސީބީއެސް ނޫހުން ވަނީ އިޒްރޭލުން، އިސްފަހަނަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓު ކޮށްފައެވެ.

މީގެކުރިން އިރާނުން އިޒްރޭލަށް ވައިގެ ހަމަލާތަކެއް ދީފައިވެއެވެ. އަދި އެކަމުގެ ބަދަލުގައި އިރާނަށް ހަމަލާ ދޭނެ ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *