އީރާނުގެ އިންޒާރު: އަހަރެމެންނަށް ހަމަލާދިން ބަޔެއްގެ އަތް ކަނޑާލާނަން

އީރާނުގެ އިންޒާރު: އަހަރެމެންނަށް ހަމަލާދިން ބަޔެއްގެ އަތް ކަނޑާލާނަން

އިރާނަށް، ހަމަލާދީފިނަމަ އެކަމުގެ ބަދަލު ހަމަލާ ވަރަށް ހިތިވާނެ ކަމަށް އިރާންގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އިރާނުން ވަނީ މިމަހުގެ 13 ވަނަ ދުވަހު އިޒްރޭލަށް ވައިގެ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާގެ ބަދަލުގައި އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް އިޒްރޭލުން ދަނީ ބުނަމުންނެވެ.

އިޒްރޭލުގެ އެ ވާހަކަތަކާ ގުޅިގެން އިރާންގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވީ ހަނގުރާމަ ފުޅާ ކުރުމަށް ބޭނުން ނޫން ކަމަށާއި ނަމަވެސް އިރާނަށް ހަމަލާދޭ ކޮންމެ ބައެއްގެ "އަތް ކަނޑާލާނެ" ކަމަށެވެ.

އަދި ވިދާޅުވީ އިޒްރޭލަށް ތާއިދު ކުރާ ބަޔަކު ވެސް އިރާނަށް  ހަމަލާއެއް ދީފިނަމަ، ކުރިން ފޮނުވާލި ހަމަލާއަށްވުރެ ވަރުގަދަ ހަމަލާއެއް ފޮނުވާނެ ކަމަށެވެ.

އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިޒްރޭލުން ދެމުން ދަނީ ދާދިފަހުން ސީރިއާގައި ހުންނަ އީރާނުގެ އެމްބަސީއަށް އިޒްރޭލުން ހަމަލާދީ، އެ ތަނުގައި މަސައްކަތް ކުރާ އީރާނު ސިފައިންގެ ދެ ޖެނެރަލަކު މަރާލުމާއި ގުޅިގެން، އީރާނުން އިޒްރޭލަށް ދިން ހަމަލާތަކާއި ގުޅިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *