އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމުން ހަބީބު ވަކިވެވަޑައިގެންފި

އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމުން ހަބީބު ވަކިވެވަޑައިގެންފި

އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް ކަމުގައި ހުންނެވި އިސްމާއީލް ހަބީބު އެ މަގާމުން ވަކިވެވަޑައިގެންފިއެވެ.

އީސީގެ މެމްބަރު ކަމުން ހަބީބު އިސްތިއުފާ ދެއްވީ ކޮމިޝަނުގެ މެމްބަރު ކަމުގެ ދެވަނަ ދައުރުވެސް ހަމަވުމުންނެވެ. ޤާނޫނުގައިވާ ގޮތުން އިތުރު ދައުރަކަށް އީސީގެ މެމްބަރު ކަމަށް ހަބީބު އައްޔަން ނުކުރެވޭނެއެވެ. އެއީ ކޮމިޝަނުގެ މެމްބަރު ކަމުގައި އެކަކަށް ހުރެެވޭނީ ގިނަވެގެން ދެ ދައުރު ކަމަށް ޤާނޫނުގައި ބުނެފައިވާތީއެވެ.

ހަބީބުގެ ބަދަލުގައި އީސީއަށް މެމްބަރަކު ނެގުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އެކަން ކުރާނީ ރައީސް އޮފީހުން އިއުލާނުކޮށް، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ރައީސް ނަމެއް ނުވަތަ ނަންތަކެއް ފޮނުވުމުން މަޖިލީހުން ފާސްވާ ފަރާތެކެވެ.

މެމްބަރު ކަމުގެ ދެ ދައުރު ހަމަވެ، ހަބީބު އިސްތިއުފާ ދެއްވިއިރު އޭނާއަކީ ފާއިތުވީ 21 އަހަރު އެ ކޮމިޝަނުގެ އެކި މަގާމުތައް ފުރުއްވާފައިވާ ފަރާތެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *