ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު މުއިއްޒު، މިއަދު ބިލް ތަްދީގު ކުރައްވާ މަންޒަރު. ފޮޓޯ: ރައީސް އޮފީސް

އިންތިޚާބާބެހޭ ބިލް ދެވަނަ ފަހަރަށް ފޮނުވުމުން ރައީސް ތަސްދީގު ކުރައްވައިފި

އިންތިޚާބާބެހޭ ބިލް ދެވަނަ ފަހަރަށް ފޮނުވުމުން ރައީސް ތަސްދީގު ކުރައްވައިފި

ރޯދަ މަސް ތެރޭގައި އިންތިޚާބުތައް ނުބޭއްވޭ ގޮތަށް، އިންތިޚާބުތަކާބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

ކުރިން އޮތް ގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ ރޯދަ މަހުގެ ތެރޭގައެވެ. އެއީ މާރޗު މަހުގެ 17 ވަނަ ދުވަހެވެ. ނަމަވެސް މިހާރު ބިލު ފާސްކޮށް، ތަސްދީގު ވެގެން ދިއުމާއެކު ދެން އިންތިޚާބު އޮންނާނީ ރޯދަ މަސް ނިމިގެން 10 ދުވަސް ފަހުންނެވެ.

މި ބިލު މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތަކުން ފާސްކޮށް ފުރަތަމަ ފަހަރު ފޮނުވުމުން ރައީސް ވަނީ ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައެވެ. އަނބުރާ މަޖިލީހަށް ބިލް ފޮނުވާލުމުން މަޖިލީހުން ދެވަނަ ފަހަރު ފާސްކޮށް، ތަސްދީގު ކުރުމަށް ރައީސަށް ފޮނުވީ އެއްވެސް ބަދަލެއް ނުގެނެސް ކުރިންވެސް އޮތް ގޮތަށެވެ. ޤާނޫނު ބުނާ ގޮތުން ދެވަނަ ފަހަރު ތަސްދީގު ކުރަން ފޮނުވުމުން ބިލް ތަސްދީގު ކުރުން ރައީސަށް ލާޒިމު ކުރެއެވެ. ބަންޑާރަ ނައިބުގެ ލަފަޔާއެކު ކުރިން އަނބުރާ ފޮނުވާލި ބިލް، ދެވަނަ ފަހަރަށް ތަސްދީގު ކުރަން ރައީސަށް ފޮނުވުމުން ބަންޑާރަ ނައިބު ލަފާ ދެއްވާފައި ވަނީ ބިލް ތަސްދީގު ކުރުމަށެވެ.

މަޖިލީހުގެ އިންތިޚާބު ރޯދައިގެ ފަހުން ބޭއްވުމަށް ގިނަ ސިޔާސީ ޕާޓީ ތަކާއި އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ އެދިފައެވެ. ނަމަވެސް އިންތިޚާބުގެ ތާރީޚު ސުވާލެއްގެ ތެރެއަށް ދިޔައީ މަޖިލީހާއި ސަރުކާރުގެ މެދުގައި ބިލް ތާށިވެފައި އޮތުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *