ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި މީހަކަށް 18 އަހަރުގެ ޖަލު ހުކުމެއް ކޮށްފި

ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި މީހަކަށް 18 އަހަރުގެ ޖަލު ހުކުމެއް ކޮށްފި

އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި މީހަކު 18 އަހަރަށްވުރެ ގިނަ ދުވަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލައިގައި ޖަލު ހުކުން އައިސްފައިވތ. ގުރައިދޫ މިޔަވާލި ހުސެއިން ޒާހިނުގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރިއެވެ.

އޭގެތެރޭގައި ހިމެނެނީ އިތުބާރުހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގި ކަމުގެ ދައުވާ އާއި، ލައިގެން ހުރި ހެދުމުގެ ބޭރުން ކުޑަކުއްޖަކަށް ފެންނާނެ ގޮތަށް ޖިންސީ ގުނަވަން ހާމަކޮށްގެން ހުރުމާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލު ތަކަކަށް އަމަލު ކުރުމުގެ ޤާނޫނާ ހަވާލާދީ، ޒާހިނުގެ މައްޗަށް ދައުލަތުން ކުރި، ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތު ވެގެން ޒާހިނުގެ މައްޗަށް ހުކުމްކުރީ 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ.

ލައިގެން ހުރި ހެދުމުގެ ބޭރުން ކުޑަކުއްޖަކަށް ފެންނާނެ ގޮތަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ކުށް ސާބިތުވެގެން ތިންއަހަރުދުވަހަށް ޖަލަށްލާން ހުކުމްކުރިއިރު، އޮރިޔާންކާޑު ގެންގުޅުމުގެ ކުށް ސާބިތު ވެގެން، އެއްމަހާއި ހަ ދުވަހަށް ޖަލަށް ލުމަށްވެސް ޒާހިނުގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *