ނައިފަރު ދާއިރާގެ ކެންޑިޑޭޓްގެ ކެމްޕޭނަށް ރައީސް ސޯލިހު ނައިފަރަށް ވަޑައިގެންފި

ނައިފަރު ދާއިރާގެ ކެންޑިޑޭޓްގެ ކެމްޕޭނަށް ރައީސް ސޯލިހު ނައިފަރަށް ވަޑައިގެންފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނައިފަރު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ޔާސިރުގެ ކެމްޕޭނަށް އެމްޑީީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުޙަންމަދު ސޯލިހު ނައިފަރަށް ވަޑައިގެންފިއެވެ.

މިއީ ރިޔާސީީ އިންތިޚާބަށް ފަހު، އިންތިޚާބެއްގެ ކެމްޕޭން ދަތުރުފުޅެއްގައި ރައީސް ސޯލިހު ވަޑައިގެންނެވި ފުރަތަމަ ރަށެވެ. ނައިފަރަށް ވަޑައިގެން އެމްޑީޕީގެ ކެމްޕޭނު ޓީމާއެކު އެމަނިކުފާނު ވަނީ ނައިފަރުގައި ދޮރުން ދޮރަށް ކެމްޕޭން ކުރައްވާފައެވެ. ނައިފަރު ދާއިރާއަކީ އެމްޑީޕީ އާއި ޕީޕީއެމްގެ ވާދަވެރިކަން ވަރަށް ބޮޑު ދާއިރާއެކެވެ.

މިވަގުތު ނައިފަރު ދާއިރާގެ ގޮނޑި ވަނީ ހުސްކަމަށް ގޮސްފައެވެ. އެއީ އެ ގޮނޑީގައި އެންމެ ފަހުން އިންނެވި ޝިޔާމް، މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު ފިޝަރީޒް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *