ޖުމްހޫރީ ޕާޓީން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން އަދި ދާއިރާތައް

ޖުމްހޫރީ ޕާޓީން ދިހަ ދާއިރާއަކަށް ވާދަ ކުރަނީ

ޖުމްހޫރީ ޕާޓީން ދިހަ ދާއިރާއަކަށް ވާދަ ކުރަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓިގައި ދިހަ ދާއިރާއަކަށް ވާދަ ކުރަން އެ ޕާޓީން ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީން ވާދަ ކުރަން ނިންމާފައިވާ ދިހަ ދާއިރާ އާއި ދިހަ ކެންޑިޑޭޓުންނަކީ، މާމިގިލީ ދާއިރާއަށް މިފަހަރުވެސް ވާދަކުރައްވާ، އެޕާޓީގެ ލީޑަރ އަދި މިހާރުވެސް މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ޤާސިމް އިބްރާހީމްގެ އިތުރުން، ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވާ، ޤާސިމްގެ އަނބިކަނބަލުން އަދި ކުރީ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ އަލީ އާއި، ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އަމީން އިބްރާހިމް އާއި ކެންދޫ ދާއިރާއަށް ވާދަކުރައްވާ މިހާރުވެސް އެ ދާއިރާގެ މެމްބަރު އަލީ ޙުސައިން، ދުވާފަރު ދާއިރާއަށް ވާދަކުރައްވާ އަޒްލީން އަޙްމަދު، ދާންދޫ ދާއިރާއަށް ވާދަކުރައްވާ ނިޝާމާ މުޙަންމަދު، އުނގޫފާރު ދާއިރާއަށް އަބްދުﷲ އަމީން، ތިނަދޫ އުތުރު ދާއިރާއަށް އަބްދުﷲ އަޙްމަދު، ނޮޅިވަރަމް ދާއިރާއަށް ޙުސައިން ޝަހުދީ އަދި އޭދަފުށީ ދާއިރާއަށް މުޙަންމަދު ނާސިރެވެ.

ޖުމްހޫރީ ޕާޓީން އެވަނީ އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާ ދިހަ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައެވެ. ޖުމްހޫރީ ޕާޓީން ދިހަ ދާއިރާއަކަށް ވާދަކުރާއިރު، ޓިކެޓް ލިބިފައިވާ ބަޔެއް ބޭފުޅުންނަކީ ކުރީގެ ސަރުކާރު ތަކުގައި ވަޒީރުކަމާއި، މަޖިލިސް މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *