ފުރަތަމަ ފަހަރަށް އިސްލާމިކް ބޭންކްގެ ޑޮލަރު އޭޓީއެމްއެއް ހުޅުމާލޭގައި ހުޅުވައިފި

ފުރަތަމަ ފަހަރަށް އިސްލާމިކް ބޭންކްގެ ޑޮލަރު އޭޓީއެމްއެއް ހުޅުމާލޭގައި ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޑޮލަރު އޭޓީއެމްއެއް ހުޅުމާލޭގައި މިއަދު ހުޅުވައިފިއެވެ.

ފިތުރޯނު މަގުގައި މިއަދު ހުޅުވި މި އޭޓީއެމްއަކީ އެބޭންކުން ހުޅުމާލޭގައި ހުޅުވި ފުރަތަމަ އޭޓީއެމްއެވެ. އޭޓީއެމް ހުޅުވައި ދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އާއި އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ކުމްރީ އެވެ.

އޭޓީއެމް ހުޅުވައި ދެއްވުމަށް ފަހު އިސްލާމިކް ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ވިދާޅުވީ ހުޅުމާލޭގައި ޑޮލަރު އޭޓީއެމްއެއް ހުޅުވުމަކީ ހުޅުމާލޭގައި އެމްއައިބީގެ ޚިދުމަތް ފުޅާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބަޔެއް ކަމަށެވެ. އޭނާ ވިދާޅުވީ އަމާޒަކީ އެމްއައިބީއަކީ ކޯޕަރޭޓް ކަސްޓަމަރުންނަށް އެންމެ ރަނގަޅު ޚިދުމަތް ފޯރުކޮށްދޭ ބޭންކަށް ހެދުން ކަމަށެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގައި ހިދުމަތްތައް ފުޅާކުރުމަށް އެ ބެންކުގެ ފުރަތަމަ ޑޮލަރު އޭޓީއެމް މިއަދު ބެހެއްޓިއިރު، ހުސްވި މަހު ވަނީ ހުޅުމާލޭގެ ފޭސްގައިވެސް ރުފިޔާ ނެގޭ އޭޓީއެމްއެއް ބަހައްޓާފައެވެ.  މާލޭގައިވެސް އެ ބޭންކްގެ އޭޓީއެމްތައް ހުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *