ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ހެންވޭރު ނޫރު މިސްކިތް ސަރަހައްދުން ވަޑައިގަންނަވިކޮށް މަރުތޭލަކުން މީހަކު ހަމަލާ ދީފިއެވެ.
ފުލުހުންވެސް ވަނީ ޝަމީމަށް ހަމަލާ ދީފައިވާކަން ކަށަވަރު ކޮށްދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނޫރު މިސްކިތް ކައިރިން ވަޑައިގަންނަވަނިކޮށް މީހަކު ހަމަލާ ދިންއިރު އަރިހުގައި ސެކިއުރިޓީއެއްވެސް ނެތެވެ. ހަމަލާއި ގުޅިގެން ޝަހީމް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުތޭލުން އެމީހާ ޖެހީ ޝަމީމްގެ އަތުގައެވެ. އަތުގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާ ކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.