ޕްރައިމަރީއަކާ ނުލައި ޑިމޮކްރެޓްސްގެ ބަޔެއް ބޭފުޅުންނަށް މަޖިލިސް ޓިކެޓް ލިބިއްޖެ

ޕްރައިމަރީއަކާ ނުލައި ޑިމޮކްރެޓްސްގެ ބަޔެއް ބޭފުޅުންނަށް މަޖިލިސް ޓިކެޓް ލިބިއްޖެ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ބަޔެއް ބޭފުޅުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިއްޖެއެވެ.

އިތުރު ކެންޑިޑޭޓަކު ޕްރައިމަރީއަށް ކުރިމަތިލާފައި ނެތުމުން، ޓިކެޓް ކަށަވަރުވި ބޭފުޅުންގެ ތެރޭގައި ހިމެނީ މިހާރުވެސް މަޖިލިސް މެމްބަރު ކަމުގައި ތިއްބެވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ އިތުރުން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އަދި ހެންވޭރު ހުޅަނގު ދާއިރާއަށް ހަސަން ލަތީފެވެ. މީގެއިތުރުން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ރަނިންގމޭޓް ކަމުގައި ނުކުންނެވި ޙުސައިން އަމްރަށްވެސް ވަނީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިފައެވެ.

ޑިމޮކްރެޓްސްއިން ބުނީ އެ ޕާޓީން މަޖިލިސް އިންތިޚާބަށް ޖުމްލަ 41 ދާއިރާއަކުން ނުކުންނާނެ ކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *