އިންޑިއާއާ ބެހޭގޮތުން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް މައާފަށް އެދިވަޑައިގަތުމަށް ގާސިމް ގޮވާލައްވައިފި

އިންޑިއާއާ ބެހޭގޮތުން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް މައާފަށް އެދިވަޑައިގަތުމަށް ގާސިމް ގޮވާލައްވައިފި

 

ލިޔުނީ: މުހަންމަދު އަޔާން

އިންޑިއާއާބެހޭގޮތުން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅު ތަކަށް މައާފަށް އެދިވަޑައިގަތުމަށް ގާސިމް ގޮވާލައްވައިފި

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، އިންޑިއާއާބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ބައެެއް ވާހަކަ ތަކަށް އިންޑިއާގެ ކިބައިން މައާފަށް އެދިވަޑައިގަތުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިލިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ގާސިމް އެކަމަށް ގޮވާލެއްވީ ޖޭޕީގެ ހެޑްކުއާޓަރު، ކުނޫޒުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސެއްގައެވެ.
"އަޅުގަނޑު އެދެން ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެން އެ ދެއްވި އިންޓަވިޔުގައި ދެއްކި ވާހަކަފުޅުން މި ދެންނެވި ދެތިން ހަތަރު ޕޮއިންޓަށް ހަމަ ފޯމަލްކޮށް އިންޑިއާ ސަރުކާރުންނާއި ޕްރައިމް މިނިސްޓަރު މޯދީގެ އަރިހުން މައާފަށް އެދިވަޑައިގަތުމަށް" ގާސިމް ވިދާޅުވިއެވެ
ގާސިމް ވިދާޅުވީ، ރައީސް މުއިއްޒުގެ ޗައިނާ ދަތުރުފުޅަށްފަހު، އެނބުރި ރާއްޖެ ވަޑައިގެން ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ދެއްކެވި ބައެއް ވާހަކަފުޅުތައް ބަލައި ނުގަންނަ ކަމަށެވެ.
އެގޮތުން އިންޑިއާއާ އޮތް ގުޅުން ހީނަރުވާ ގޮތަށް ރައީސްގެ ވާހަކަފުޅު ހުރުމަކީ ގޯހެއް ކަމަށްވެސް ވިދާޅުވިއެވެ. މީގެ ކުރިން ބޭސްވެރި ކަމަށް އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ދުބާއީ އާއި ބެކްކޮކަށް ބޭހަށް ފޮނުވުމަކީ ގޯހެއް ކަމަށް ވެސް ވިދާޅުވިއެވެ.
"ބޭހަށް މީހުން ފޮނުވުމުގައި ދުބާއީއާއި ބެކްކޮކަކީ މާ ރަނގަޅު ތަންތަން ކަމަށް މިހާރު މިދާ ގައުމުތަކަށް ވުރެ. އަޅުގަނޑު ދަންނަވާނީ އެއީ ގޯހެކޭ، ވަރަށް ސާފުކޮށް އަޅުގަނޑު މި ދަންނަވަނީ އެއީ ގޯހެކޭ. އިންޑިއާ، އެ ފީލްޑުގައި (ބޭސްވެރިކަމުގައި) މާކުރީގައި އޮތީ. އެ ބޭފުޅުން (ދުބާއީ އަދި ބެކްކޮކް) ހަމަ އެއްގޮތަަކަށްވެސް އިންޑިއާގައި ތިބި ޑޮކްޓަރުންނާއި އަދި ފެސިލިޓީސް ޖަހާ ލެވޭ ވަރަށް އެ ބޭފުޅުން ތަރައްގީއެއްވެސް ނޫން، އަދި ކިއެއްތަ އެ ބޭފުޅުންނަށް (އިންޑިއާ) އަށް ވުރެ 80 ޕަސަންޓު އަގުބޮޑު މިއިން ކޮންމެ ތަނެއްވެސް، ދެރަ ޚިދުމަތެއް." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އިންޑިއާއިން ބޭސް އެތެރެކުރުން މަދުކޮށް ޔޫރަޕަށް ބަރޯސާވުމަކީވެސް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ރައްޔިތުން އެދޭ ނަމަ ދުބާއީ އާއި ބެކްކޮކުގެ ވަކި ހޮސްޕިޓަލު ތަކަކުން އާސަންދަ ހަމަޖައްސައިދޭން ޖެހޭ ކަމަށާއި ނަމަވެސް ވަކި ގައުމެއްގެ ގުޅުން ހީނަރުވާ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެދެމުންދޭ އެބަދޭ ޔޫރަޕުންނާއި އެމެރިކާއިން ބޭސްފަރުވާ ގެނައުމަށް. އަދި އިންޑިއާއަށް އާސަންދައަށް މީހުން ދާހެން ބެންކޮކަށާއި ދުބާއީއަށް ބޭސްފަރުވާއަށްދާ ދިވެހީންނަށްވެސް ބޭސްފަރުވާ ކުރެވޭނެ އާސަންދަ ލިބޭނެ ގޮތް ހެދުމަށް. އެއީ އަޅުގަނޑު ނަމަ އަޅުގަނޑު ދަންނަވަން އޮތީ ރައްޔިތުން އެ އެދޭ ފަދައިން މިހާރު އާސަންދަ ލިބޭ ގައުމުތަކެކޭ އެއްގޮތަށް ދުބާއީއަށާއި އަދި ބެންކޮކަށްދާ މީހުންނަށްވެސް ވަކި ހޮސްޕިޓަލު ތަކަކުން އެ ހިދުމަތް ލިބޭނެ ގޮތް އަޅުގަނޑު ހަދައިދޭނަމޭ. އަޅުގަނޑު އެދޭ ގޮތަކީ ރައީސް މުއިއްޒުވެސް އެހެން އެކަން އިސްލާހު ކޮށްދިނުން" ގާސިމް ވިދާޅުވިއެވެ.
ރާއްޖެއަކީ ބައެއްގެ ބެކްޔާޑުގައި އޮތް ބައެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން ވަކި ބައެއް ނިސްބަތްވާ ކަމަށާއި ބުލީ ކުރެވޭނެ ބައެއް ނޫންކަމަށް ވިދާޅުވުމުންވެސް ވަކި ބަޔަކަށް ނިސްބަތްވާ ކަމަށާއި އެއީވެސް ގޯހެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *