ޝޫޓިންގ ގެ ތެރެއިން އަމިތާބް އަށް އެންޖަރީ ވެއްޖެ

ޝޫޓިންގ ގެ ތެރެއިން އަމިތާބް އަށް އެންޖަރީ ވެއްޖެ

ސައުތުގެ މަޝްހޫރު އެކްޓަރު ޕްރަބާސް އާއި ދީޕިކާ ޕަދުކޯން ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލްމް ގެ ޝޫޓީންގ ގައި އަމިތާބް ބަޗަން އަށް އަނިޔާ ވެއްޖެއެވެ. މި ފިލްމް އަކީ ވަގުތީ ގޮތުން ޕްރޮޖެކްޓް ކޭ" ގެ ނަން ދީފައިވާ ފިލްމްއެކެވެ.

ފިލްމްގެ މުހިންމު ރޯލަކުން އަމިތާބް ފެނިގެންދާ މި ފިލްމް އަކީ ސައުތު ފިލްމް ތަށް ޑައިރެކްޓް ކުރާ ނާގް އަޝްވިން ޑައިރެކްޓް ކުރާ ފިލްމްއެކެވެ. ފިލްމް ގެ ޝޫޓިން މިހާރު ކުރިއަށް ދާއިރުގައި ފިލްމް ސިނަމާ ތަކަށް ގެންނަށް ތާވަލް ކޮށްފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީއަށެވެ.

މި ފިލްމް އަކީ ވަރަށް ގްރޭންޑްކޮށް ވަރަށް ބޮޑު ބަޖެޓަކުން ހަދަން ނިންމައިފައިވާ ފިލްމް އެކެވެ. މި ފިލްމް އަށް ވަނީ 500 ކަރޯކް ގެ ބަޖެޓްއެއް ކަނޑައަލައިފައިއެވެ.

މެގަސްޓް އަމިތަބް އަށް އަނިޔާ ވެފައިވަނީ ހައިދަރުއާބާދުގައި ޝޫޓިން ކުރިއަށް ގެންދަނިކޮންނެވެ. މި އެންޖަރިއާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ހިއްސާ ހިއްސާކުރި ޕޯސްޓެއްގައި އަމިތާބް ބުނީ އަނިޔާވީ އެކްޓަރުގެ ރިބް ކާޓިލޭޖަށް ކަމަށެވެ. އަދި އަނިޔާވެފައިވާކަން އެނގުމާ އެކު ސަޕޯޓަރުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ލޯތްބަށް ޝުކުރު ވެސް އަދާކޮށްފައި ވެއެވެ.

މިދިޔަ ހޯމަ ދުވަހު އަމިތާބަށް އަނިޔާވެފައި ވާއިރުގައި ފަރުވާ އަށް އޭނާ މުމްބާއީއަށް ފުރުވާލި ކަމަށާއި ވަކި ގޮތެއް އަންގަންދެން ޝޫޓިން ކެންސަލް ކޮށްފައިވާ ކަމަށް ފިލްމް ގެ ޓީމުން މައުލޫމާތު ދެއެވެ.

ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް ވަނީ ބުނެފައިއެވެ. އަދި އެކޮށް ރަނގަޅު ވުމުން އަލުން ޝޫޓިން ފަށާނެ ކަމަށްވެސް ވަނީ ބުނެފައިއެވެ. "ޕްރޮޖެކްޓް ކޭ" ގެ ލީޑުން ދީޕިކާ އާއި ޕްރަބާސް ފެނިގެންދާއިރުގައި އަމިތާބް ގެ އިތުރުން މުހިންމު ރޯލަކުން ދިޝާ ޕަޓާނީވެސް ފެނިގެންދާނެއެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *