ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ޑްރައިވިން ލައިސަންސާ ގުޅޭ ހުރިހާ ހިދުމަތެއް މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި މުއްދަތު ހަމަވެފައިވާ ލައިސަންސްތައް މި މަހުގެ ނިޔަލަށް ބޭނުންކުރެވޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
މުއްދަތު ހަމަވެފައިވާ ލައިސެންސް ބަލައިގަތުމަށް ނިންމާފައި ވަނީ ލައިސެންސްތައް ޑިޖިޓަލައިޒް ކުރުމަށްޓަކާ މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މުއްދަތު ހަމަވާ ލައިސަންސް ބަލައިގަތުމުގެ މުއްދަތު އއިތުރުކޮށްފައިވާ ސަބަބެއް އެ މިނިސްޓްރީ އިންް ހާމަކޮށްފައެއް ނުވެއެވެ. ލައިސަންްސް ޑިޖިޓަލައިޒްް ކޮށްފައިވާއިރު އެކަމާާ ގުޅޭ އެހެނިހެން ހިދުމަތްތައް ވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ޑިޖިޓަލްކޮށްފައެވެ.
މި ހިދުމަތް ފެށުމާ އެކު ލައިސަންސަށް އެދުން ކުރިއަށް ގެންދާނީ އީފާސްގެ މެދުވެރިކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލުގެ ތެރެއިންނެވެ. ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފެށުމާ އެކު އަލަށް ލައިސަންސް ދޫކުރާއިރު އޮންނާނީ ޑިޖިޓަލްް ލައިސަންސެކެވެ. ލައިސަންސް ކާޑު ބޭނުންވާ ފަރާތްތަކަށް އެ ކާޑު ދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.