އޮޅުވާލައިގެން ފައިސާ ހޯދަން ކުރާ ފޯނުކޯލުތަކުގެ ގެއްލުން ހީކުރާ މިންވަރަށްވުރެ ބޮޑު!

އޮޅުވާލައިގެން ފައިސާ ހޯދަން ކުރާ ފޯނުކޯލުތަކުގެ ގެއްލުން ހީކުރާ މިންވަރަށްވުރެ ބޮޑު!

އޮޅުވާލައިގެން މަކަރާއި ޙީލަތުން މީހުންގެ އަތުން ފައިސާ އަތުލަން ކުރާ ފޯނުކޯލުތަކުގެ ގެއްލުން ހީކުރާ މިންވަރަށްވުރެ މާބޮޑުކަމަށާ، އެއީ ހިސާބު ޢަދަދުން މިންކުރެވޭވަރަށްވުރެ ބޮޑުކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިންދަ މޯލްޑިވްސް ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މަކަރާ ޙީލަތުގެ ފޯނުކޯލުތަކުގެ ސަބަބުން އިޖުތިމާޢީ އިޤްތިޞާދީ އެތައް ގެއްލުމެއް މުޖުތަމަޢަށް ލިބެމުންދާކަމަށެވެ. އިޖުތިމާޢީ މައްސަލަތަކުގެ އިތުރުން ވަކިވަކި ފަރުދުންނަށް ލިބެމުންދާ މާލީ ގެއްލުމަށް ބެލިޔަސް އެއީ ހަމައެކަނި ހިސާބުޢަދަދުތަކުން މިންކުރެވޭވަރަށްވުރެ މާ ބޮޑު ގެއްލުންތަކެއްކަމަށް މިނިސްތަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވަނީ ފަހަކަށްއައިސް ހިނގާފައިވާ މިފަދަ ބައެއް ޙާދިސާތަކުގެ ސަބަބުން އެތައް ޢާއިލާއަށް ގެއްލުމާއި ހިތްދަތިކަން ތަޙައްމަލުކުރަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. އިންސާނުން އުޅޭ މުޖުތަމައު ތަކުގައި އެ މުޖުތަމައުއެއް ހިންގާނެ ނިޒާމެއް، ދައުލަތެއް، ނުވަތަ ސަރުކާރެއް އެކުލެވިފައި އޮންނަނީ އެ މުޖުތަމައުގައި ކުށްކުރާ މީހުން ހުއްޓުވައި، ކުށްކުރާ މީހުންގެ ކިބައިން މުޖުތަމައުގެ އެހެން އަފުރާދުން ސަލާމަތްކޮށް ރައްކާތެރި ކުރުމަށްކަމަށާ، އެކަން ނުކުރެވޭނަމަ އެ މުޖުތަމަޢެއް ހަލާކުވެގެން ހިނގައިދާނެކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ދުވާލެއްގެމައްޗަށް ހަތަރުވަރަކަށް މިފަދަ ޙީލަތުގެ ކޯލުގެ މައްސަލަ ފުލުހުންނަށް ހުށަހެޅޭކަމަށެވެ. މިކަންކަން ހައްލު ކުރުމަކީ ދައުލަތުން ކުރަންޖެހޭކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރ އިމްރާން ވިދާޅުވީ މިއަދު މިކަންކަމުގެ ޒިންމާ ނަގަން ހުރި މީހެއްގެ ހައިސިސއްޔަތުން ތަފާތު މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. ނަމަވެސް މިކަމުއި ތަފާތު ގިނަ ގޮންޖެހުން ހުރިކަން ގަބޫކުކުރަން ޖެހޭކަމަށްވެސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވިއެވެ. 

މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިންދަ މޯލްޑިވްސްގެ ނަމުގައި ކުރިއަށްގެންދާ މި ވޯކްޝޮޕަކީ ސްކޭމްގެ މައްސަލަތަކާއި އިކޮނޮމިކް ކްރައިމްއާ ގުޅޭގޮތުން ފުލުހުންނާއި ކަމާބެހޭ ފަރާތަކުން ގުޅިގެން ބާއްވާ ވޯކްޝޮޕެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *