ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތި ޙާލަތުގައި، ހަމުގެ އަސްލު ހަޤީޤަތާ ޚިލާފަށް، ރާއްޖެ ބަނގުރޫޓުވަނީކަމަށްބުނެ ވާހަކަދައްކާ މީހުންނަކީ ރާއްޖެއަށް ލިބެމުންދާ ބޭރުގެ އެހީތެރިކަން ހުއްޓުވާލައި ދުނިޔޭގެ މާލީ އިދާރާތަކުގެ ކުރިމަތީގައި ރާއްޖޭގެ އަގު ވައްޓާލަން ބަޔަކު ގުޅިގެން ހިންގާ ޖަރީމާއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ދެ ފެކްޝަންގެ ތެރެއިން ރައީސް ޞާލިޙުގެ ފެކްޝަނަށް ނިސްބަތްވާ ނިހާދު މިހެން ވިދާޅުވެ ޓުވީޓުކުރެއްވީ ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްކޮށްކަމަށް ބެލެވެއެވެ. ރާއްޖެ ބަނގުރޫޓު ވާންދާ ވާހަކައާއި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ދޯހަޅި ވާހަކަ ނަޝީދު ފެކްޝަނުގެ ބޭފުޅުން ދެއްކުމުން އެއީ އިދިކޮޅު ޕީޕީއެމްއާ ގުޅިގެން ސަރުކާރު ވައްޓާލަން ރާވާ ރޭވުންތަކެއްގެ ބައެއްކަމަށް ރައީސް ޞާލިޙް ފެކްޝަނުގެ ބައެއް މީހުން ތުހުމަތުކުރެއެވެ. އަދި ނަޝީދު ފެކްޝަނުން ބަޣާވާތްކުރަން އުޅޭކަމަށްވެސް ތުހުމަތުކުރެއެވެ.
ނިހާދު ޓްވީޓުގައި ވަނީ ޤައުމާއި ރައްޔިތުނަނަށް ހެޔޮ އެދޭ ބަޔަކުނަމަ މިއަދު ކުރަންވީ ކަމަކީ، މާލީ އިދާރާތަކުގެ ކުރިމަތީގައި ރާއްޖޭގެ އަގުވައްޓާލަން މަސައްކަތްނުކޮށް ރާއްޖޭގެ ބައިނަލްއަޤުވާމީ އެހީ ހޯދުމުގެ މަސައްކަތް ކަމަށެވެ.
Bangrootey, Bangrootey kiyai financial institutions kurimathee Raajje ge agu vattaalan kuraa masakkathakee fisaa ge Ehee bandhu koh, Raajje bangroot kohlumah takai GULHIGEN Hinga Jareema eh! Gaumaa Rayyithunnah heyo edhey nama faisaa ge ehee hoadhai gaumu binaa kuran ehee vaanee!
— Feydhoo Meehaa (Mohamed Nihad) (@nihad_m) November 29, 2022
ރާއްޖޭގެ އިޤްތިޞާދީ ކަންކަން ރާވައި ހިންގުމަށް ސަރުކާރުން ކުރައްވާ ގިނަ ކަންކަމަށް ނަޝީދު ފެކްޝަނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. ޚާއްސަކޮށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރަށް ގިނަބައެއްގެ ނުރުހުން އަމާޒުވެފައިވެއެވެ.