5.8 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓް ފާސްކޮށްފި

5.8 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ 61 މެމްބަރުންގެ ވޯޓުންނެވެ. ސަޕްލިމެންޓްރީ ބަޖެޓާއި ދެކޮޅަށް މިއަދުގެ ޖަލްސާގައި 8 މެންބަރަކު ވޯޓް ދެއްވާފައިވާއިރު ވޯޓުގައި ޖުމްލަ 68 މެމްބަރަކު ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓް ޑެފިސިޓް 14.3 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

މަޖިލީހުން ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓްގައި ހިމަނާފައިވާ އަދަދުތަކަކީ:

ތިލަމާލެ ބްރިޖްގެ މަޝްރޫއަށް އިތުރު 924 މިލިއަން ރުފިޔާ؛ މިއަހަރަށް ފާސްކޮށްފައި އޮތީ 543.3 މިލިއަން ރުފިޔާ

އައްޑޫ މަގު ހެދުމުގެ މަޝްރޫއަށް އިތުރު 80.4 މިލިއަން ރުފިޔާ؛ މިއަހަރަށް ފާސްކޮށްފައި އޮތީ 109.2 މިލިއަން ރުފިޔާ

ތެލުގެ ސަބްސިޑީއަށް އިތުރު 1.9 ބިލިއަން ރުފިޔާ؛ މިއަހަރަށް ފާސްކޮށްފައި އޮތީ 341.5 މިލިއަން ރުފިޔާ

ސަރުކާރު ކުންފުނިތަކަށް ދިނުމަށް އިތުރު 1.1 ބިލިއަން ރުފިޔާ؛ މިއަހަރަށް ފާސްކޮށްފައި އޮތީ 868.7 މިލިއަން ރުފިޔާ

ފެނަކައަށް ދޫކުރާ ކަރަންޓުގެ ސަބްސިޑީއަށް  އިތުރު439.7 މިލިއަން ރުފިޔާ؛ މިއަހަރަށް ފާސްކޮށްފައި އޮތީ 477 މިލިއަން ރުފިޔާ

ސިފްކޯ ހައުސިން މަޝްރޫއަށް އިތުރު 340.7 މިލިއަން ރުފިޔާ؛ މިއަރަށް ފާސްކޮށްފައި އޮތީ 50 މިލިއަން ރުފިޔާ

އާސަންދައަށް އިތުރު 906.7 މިލިއަން ރުފިޔާ؛ މިއަހަރަށް ފާސްކޮށްފައި އޮތީ 730.9 މިލިއަން ރުފިޔާ

ރައްޔިތުންގެ މަޖިލީހުން މިއަދުވަނީ 2023 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 160 މިލިޔަން ރުފިޔާ އިތުރުކޮށް، 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓް ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *