ބ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް ހިމެނޭ ސަހައްދަށް ވަރަށްބޮޑަށް ކަނޑު ގަދަވެ ވައިވެސް ގަދަވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.
މޫސިމާބެހޭ ޤައިމީ އިދާރާ، މެޓު އޮފީހުން ލަފާކުރާގޮތުގައި މިއަދު ހެނދުނު 8:20 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމައަށް މިސަރަޙައްދަށް މޫސުން ގޯސް ވާނެއެވެ. އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާ، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިޖެހި، ކަނޑުތައްވެސް ގަދަވާނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.
White Alert for strong winds and rough seas. pic.twitter.com/lyHNZsQPrk
— Maldives Meteorology (@MetMaldives) November 21, 2022
ކަނޑުގަދަވާނެކަމަށް ލަފާކުރެވޭ ވަގުތުތަކަށް ސަމާލުވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިވުމަށް މެޓު އޮފީހުން އިލްތިމާސްކުރެއެވެ.