މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.
މިއަދު ހެނދުނު 10:15އިން ފެށިގެން މެންދުރު 2:09އާ ހަމައަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް އުދަ އަރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އުދަ އަރާނެކަމަށް ލަފާކޮށްފައިވަނީ މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
Alert white for swell wave surges. pic.twitter.com/FNEfkyXpr9
— Maldives Meteorology (@MetMaldives) November 6, 2022
އިއްޔެވެސް ހަމަ މިސަރަޙައްދަށް އުދަ އަރާނެކަމަށް ލަފާކޮށް މެޓް އޮފީހުން ހުދު ސަމާލު ނެރުނެވެ. މާލޭގެ ކާނިވާ ސަރަޙައްދަށް އިއްޔެ އުދައެރިއެވެ.
https://maletimesmv.com/114507
ކުރިއަށް އޮތް ދުވަސްތަކަށް، ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު، އާދީއްތަ ދުވަހު މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. އަދި އުތުރުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ހޯމަ، އަންގާރަ، ބުދަ، މި ދުވަސްތަކުގައިވެސް ދެކުނަށް ވިއްސާރަކުރާނެކަމަށާ އެހެން ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެކަމަށް އެއިދާރާއިން ލަފާކުރެއެވެ.