މައްސަލަ ތަޙްޤީޤުކޮށްފައި ނޫނީ ޝިމާޒާމެދު ގޮތެއް ނިންމުން ރަނގަޅެއް ނޫން: އެމްއާރުއެމް

މައްސަލަ ތަޙްޤީޤުކޮށްފައި ނޫނީ ޝިމާޒާމެދު ގޮތެއް ނިންމުން ރަނގަޅެއް ނޫން: އެމްއާރުއެމް

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޝިމާޒް ޢަލީ ގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަން ތަހުގީގުކޮށް ބެލުމަށްފަހު ނޫނީ ވަކިގޮތެއް ނިންމުމަކީ ރަނގަޅުކަމެއް ނޫންކަމަށް އޭނާ ނިސްބަތްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ބުނެފިއެވެ.

އެޕާޓީން ނެރުނު ބަޔާނެއްގައިވަނީ، ޝިމާޒަށް ކުރެވޭ ތުހުމަތުތަކާމެދު ކަމާބެހޭ މުއައްސަސާތަކުން ފުރިހަމަ ތަހުޤީޤެއް ހިންގުމަށްފަހު މެނުވީ މިކަމުގައި ގޮތެއް ނިންމުމަކީ ރަގަޅު ގޮތެއް ނޫން ކަމުގައި އެޕާޓީން ދެކޭކަމަށެވެ. މިއީ އެޕާޓީއިން ކަންބޮޑުވާ ކަމެއްކަމަށާ، އެމް.އާރް.އެމް އަކީ ކޮރަޕްޝަންއާ ދެކޮޅަށް ވަކާލާތުކޮށް ކޮރަޕްޝަން ހުއްޓުވުމަށް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާ ޕާޓީއެއްކަމަށްވެސް އެޕާޓީގެ ބަޔާނުގައި ވެއެވެ.

ޝިމާޒަށް ތުހުމަތު ކުރެވިފައިވާ ފަދަ ބޮޑެތި ކަންތައްތައް މިސަރުކާރުގެ ވުޒާރާއެއްގައި ހިނގަމުންދާކަމަށް ތުހުމަތު ކުރެވުމަކީ އެޕާޓީން ވަރަށް ކަންބޮޑުވާ ކަމެއްކަމަށާ، އެފަދަ ކަންކަން ކުރަމުންދާ ކަމަށްވާނަމަ، އެކަންކަން ކުރަމުން އައިސްފައިވަނީ ކިހާ ދުވަހަކަށް އަދި ކިހާ ބައެއްގެ ބައިވެރިވުމާ އެކުގައިކަންވެސް ހާމަވާނީ ކަމާބެހޭ ފަރާތަތްތަކުން ކުރެވޭ ފުރިހަމަ ތަހުޤީޤަކަށްފަހުކަމަށް އެޕާޓީން ގަބޫލު ކުރާކަމަށްވެސް އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.

ޝިމާޒު ޢަލީ އަކީ އެޕާޓީގެ ސްލޮޓެއްގައި މަޤާމުގައި ހުންނެވި ފަރާތަކަށްވާތީ އެމް.އާރް.އެމްގެ އެތެރޭގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި ތުހުމަތު ތަކާ ގުޅޭގޮތުތުން އިތުރު މަޢުލޫމާތު ސާފުކޮށް ޝިމާޒަށް ޖަވާބުދާރީ ވުމުގެ ފުރުޞަތު ދިނުމަށްފަހު އެމްއާރުއެމްއިން ގޮތެއް ނިންމާނެކަމަށްވެސް އެޕާޓީން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *