ވެލިދޫ ކުރީގެ މެޖިސްޓްރޭޓުގެ މައްސަލަ އޭސީސީއަށާއި، ޕޮލިހަށް

ވެލިދޫ ކުރީގެ މެޖިސްޓްރޭޓުގެ މައްސަލަ އޭސީސީއަށާއި، ޕޮލިހަށް

ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސްމެޖިސްޓްރޭޓް އަޙްމަދު ސަޢީދު ޢަލީ މައްސަލަތައް ވަކި ގޮތަކަށް ހިންގައި ނިންމުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާކަމުގެ މައްސަލަތައް ޖޭއެސްސީން ބަލަމުން ދަނިކޮށް އޭނާ މަޤާމުން އިސްތިއުފާ ދެއްވުމުން މައްސަލަ އޭސީސީއަށާއި، ފުލުހުންނަށް ހުށަހަޅައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ވިދާޅުވީ ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސްމެޖިސްޓްރޭޓް އަޙްމަދު ސަޢީދު ޢަލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އެ މައްސަލަތައް ވަކި ގޮތަކަށް ހިންގައި ނިންމުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތައް ބެހެއްޓުމާއި ރިޝްވަތުނަގާކަމަށް ބުނާ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަޙްޤީޤު ކުރަމުންދަނިކޮށް، އަލްއުސްތާޛު އަޙްމަދު ސަޢީދު ޢަލީ މިމަހުގެ 6 ވަނަ ދުވަހު ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައިކަމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖޭއެސްސީއަށް ބެލުމުގެ އިޙްތިޞާޞް ލިބިފައިވަނީ ފަނޑިޔާރެއްގެ މަޤާމުގައި ހުރި ފަރާތެއްގެ ސުލޫކާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކުގައެވެ. ނަމަވެސް މިހާރު އަލްއުސްތާޛު އަޙްމަދު ސަޢީދު ޢަލީ، ފަނޑިޔާރުކަމުގައި ހުރި ފަރާތަކަށް ނުވުމުން، އަލްއުސްތާޛު އަޙްމަދު ސަޢީދު ޢަލީއާ ގުޅޭގޮތުން އެކޮމިޝަނުން ތަޙުޤީޤު ކުރެވެމުންދިޔަ މައްސަލައިގެ ތަޙްޤީޤު އިތުރަށް ކުރިއަށް ގެންދެވެން ނެތުމުން މިމައްސަލައިގެ ތަޙްޤީޤު ހުއްޓާލާ މައްސަލަ ފައިލްކުރަން ވަނީ ނިންމާފައެވެ.

އަދި މިމައްސަލަ ކޮމިޝަންގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް އެކޮމިޝަނުން ވަނީ ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *