38 އަހަރުގެ ޚިދުމަތަށްފަހު، ފައުޗީ މަގާމުތަކުން ދުރަށް ވަޑައިގަންނަވަނީ

38 އަހަރުގެ ޚިދުމަތަށްފަހު، ފައުޗީ މަގާމުތަކުން ދުރަށް ވަޑައިގަންނަވަނީ

އެނެރިކާގެ ޗީފް މެޑިކަލް އެކްސްޕާޓު އެންތަނީ ފައުޗީ، އޭނާ އަދާކުރައްވަމުން ގެންދަވާ،ސަރުކާރުގެ ހުރިހާ މަގާމަކުން މިއަހަގެ ފަހުކޮޅު އިސްތިއުފާ ދެއްވާނޭކަން ހާމަ ކޮށްފިއެވެ.

މި ވަގުތު ފައުޗީ ހުންނެވި މަގާމްތަކަކީ ޑިރެކްޓަރ އޮފް ދަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާރޖީ އެންޑް އިންފެކްޝަސް ޑިސީސް (NIAID)ގެ މަގާމާއި، ޗީފް އޮފް ދަ NIAID ލެބޯޓްރީގެ މަގާމާއި، އޭގެ އިތުރުން ޗީފް މެޑިކަލް އެޑްވައިޒަރ ޓު ދަ ޔުއެސް ޕްރެޒިޑެންޓްގެ މަގާމެވެ.

"ކެރިއަރުގެ ދެން އޮތް ޗެޕްޓަރާއިގެން ކުރިޔަށް ދިއުމަށްޓަކާ މި ތިން މަގާމުންވެސް އިސްތިއުފާދޭނަން،" ފައުޗީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި ފައުޗީއަށް ވަނީ، އެމެރިކާ ސަރުކާރުން އަރުވާ އެންމެ ޝަރަފްވެރި މެޑަލް ކަމުގައިވާ "ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް"ގެ މެޑަލް އަރުވާފައެވެ.

އެހެންނަމަވެސް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، ކޯވިޑް ކާރީސާ އޭނާ މެނޭޖްކުރިގޮތަށް އެ ސަރުކާރުގެ އޮފިޝަލުންގެ ފާޑުކިއުންވަނީ އަމާޒުވެފައެވެ. އަދި ރިޕަބްލިކަން ޕާޓީއިން ވަނީ އޭނާ ސިޔާސީ ކަންކަމާކި ސައިންސް މަސްހުނި ކުރަމުން ދާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައެވެ. އެއަށްފަހު ޓްރަމްޕް އޭނާ ސިފަ ކޮށްފައިވަނީ "މުސީބާތެއްގެ" ގޮތުގައެވެ.

އަދި ކޯވިޑް ޕެންޑަމިކްގެ ތެރޭގައި އޭނާއަށްވަނީ އެތައް ފަހަރެއްގެމަތިން މަރުގެ އިންޒާރުވެސް ލިބިފައެވެ.

ފަހުން ފައުޗީވަނީ ޓްރަމްޕްގެ ވެރިކަމުގައި އޭނާ ހޭދަކުރެއްވި ދުވަސްތަކުގެ ވާހަކަ ދައްކަވާފައެވެ. މިގޮތުން އޭނާގެ ހިންހަމަނުޖެހުންތަކާއި، ޓްރަމްޕް އޭނާ ދެއްވި އިރުޝާދުތަކުގެ އަޑު ނޭއްސެވިކަމަށާއި، އަދި ކޯވިޑާއި ގުޅިން އޭނާ މެދުވެރިކޮށް ނުރަގަޅު މައުލޫމާތު ފެތުރުމަށް މަސައްކަތް ކޮށްފައިވާކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މި ހަފްތާގެ ހޯމަދުވަހު ފައުޗީ ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާރޖީ އެންޑް އިންފެކްޝަސް ޑިސީސް (NIAID)އަށް ޚިދުމަތް ކުރަން ލިބުނު ފުރުސަތަކީ އެނާގެ މުޅި ހަޔާތުގައިވެސް ލިބުނު އެންމެ ބޮޑު ޝަރަފް ކަމުގައެވެ.

ފައުޗީ ވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާރޖީ އެންޑް އިންފެކްޝަސް ޑިސީސް (NIAID)ގެ ޑިރެކްޓަރުކަން 38 އަހަރު ކުރައްވާ، ތަފާތު އެކި ކަންކަމުގައި އެމެރިކާގެ 7 ރައީސަކަށް ލަފާ އަރުވާފައެވެ.

ފައުޗީގެ ސިޓީގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުގެ މަގާމްތަކުން އޭނާ އިސްތިއުފާ ދެއްވި ނަމަވެސް ރިޓަޔަރ ކުރައްވާކަށް އޭނާ ގަސްތެއް ނުކުރައްވައެވެ.

"NIAIDގެ ޑިރެކްޓަރެއްގެ ގޮތުގައި ހުރުގެން ދަސްވި އެއްޗެއް ބޭނުން ކޮށްގެން ސައިންސާއި ޕަބްލިކް ހެލްތު ކުރިއަރުވާ، ދުނިޔެ ގައިންގަޔަށް އަރާ ބަލިތަކުން ސަލާމަތް ކުރުމަށްޓަކާ އަންނަން އޮތް ޖީލުގެ ސައިންސަށް ޝައުގުވެރި ކުރުވަން އަހަރެން ބޭނުން،" ފައުޗީގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑްން ވަނީ ފައުޗީއަކީ، "ފަޚުރުވެރި ޚިދުމަތްތެރިއެއް" ކަމުގައި ވިދާޅުވެ ފައުޗީއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *