2017 ވަނަ އަހަރު މިސް ވޯލްޑްގެ ލަގަބު ހޯދި އިންޑިއާގެ މަނޫޝީ ޗިއްލާރް އޭނާގެ ދެވަނަ ފިލްމުގެ މަސައްކަތް ފެށިކަން އިއުލާން ކޮށްފިއެވެ.
އޭނާ ވަނީ ކުރިއަށް އޮތް ފިލްމްގެ ސެޓުގައި ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށް ފިލްމުގެ މަސައްކަތް ފެށިކަން އިއުލާނު ކޮށްފައެވެ. އަރުން ގޯޕާލަން ޑައިރެކްޓްކުރާ މި ފިލްމަށް ދީފައިވާ ނަމަކީ "ތެހްރާން" އެވެ.
ފިލްމުގައި މަނޫޝީ ފެނިގެންދާނީ އެކްޝަން ތަރި ޖޯން އަބްރަހަމާ އެކުއެވެ. ޖޯން ފާހަގަ ކުރެވެނީ ކާމިޔާބު އެކްޝަން ފިލްމުތަކެއް ގެނެސްދޭ އެކްޓަރެއްގެ ގޮތުގައެވެ.
މި ފިލްމާ ގުޅޭގޮތުން ޖޯން މީގެކުރިން ބުނެފައިވަނީ މިއީ ޖިއޯ ޕޮލިޓިކަލް މައްސަލަތަކެއް ދައްކުވައިދޭނެ އެކްޝަން ފިލްމެއް ކަމަށެވެ. ބެލެވޭ ގޮތުގައި މި ފިލްމުގައި މަނޫޝީ ވެސް ފެނިގެން ދާނީ އެކްޝަން ރޯލަކުންނެވެ.
Super excited to join the one & only @TheJohnAbraham on #Tehran.
This journey is going to be really special!🔥🎬#DineshVijan #ArunGopalan #SandeepLeyzell @ShobhnaYadava @writish @ashishpverma @MaddockFilms @bakemycakefilms pic.twitter.com/T6qpkux5X2— Manushi Chhillar (@ManushiChhillar) July 19, 2022
ފިލްމު ސިނަމާތަކަށް ގެނައުމަށް މަސައްކަތް ކުރަނީ އަންނަ އަހަރު އިންޑިއާގެ ޖުމްހޫރީ ދުވަހާއި ދިމާކޮށެވެ. އެހެންކަމަށް ވާނަމަ ރިތިކް ރޯޝަނާއި ދީޕިކާގެ އުންމީދީ ފިލްމު "ފައިޓަރ" އާއި މިފިލްމު ފުށޫއަރާނެއެވެ.
މަނޫޝީ ބޮލީވުޑަށް ތައާރަފްވީ މިއަހަރު އަކްޝޭ ކުމާރާއި އެކުގައި ފިލްމު "ޕްރިތްވީރާޖް" އިންނެވެ. ނަމަވެސް މަނޫޝީގެ އަލަތު ފިލްމު ވީ ފްލޮޕަކަށެވެ.






