އަދިތިޔާވެސް ބައްޕައަކަށް ވަނީ

އަދިތިޔާވެސް ބައްޕައަކަށް ވަނީ

90ގެ ބޮލީވުޑް ލަވައިގެ އެއް ލެޖެންޑް އުދިތު ނަރާޔަންގެ ދަރި، ލަވަކިއުންތެރިޔާ އަދި ހޮސްޓް އަދިތިޔާ ނަރާޔަނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފިއެވެ.

އަދިތިޔާ އާއި ޝްވެތާ ކައިވެނި ކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. ކައިވެނީގެ ކުރިން މި ދެމީހުން އުޅުނީ ލިވިންގ ރިލޭޝަންޝިޕެއްގައި ކަމަށް އޭރުގެ ޚަބަރުތައް ވަނީބުނެފައެވެ.

ޝްވެތާ އަގަރްވާލަކީ ކުރިން ބައެއް ފިލްމު ތަކުން ފެނިފައިވާ މީހެކެވެ. އަދިތިޔާ އާއި ޝްވެތާ ފުރަތަމަ ބައްދަލު ވެފައިވަނީ ވެސް ފިލްމު ސެޓަކުންނެވެ. އެއީ އެ ދެތަރިން އެކުގައި ކުޅުނު ފިލްމެކެވެ.

"ޕްރެގްނެންސީ ފޮޓޯ ޝޫޓް"އެއް ތެރެއިން ނަގާފައިވާ ފޮޓޯތަކެއް އަދިތިޔާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.

34 އަހަރުގެ އަދިތިޔާގެ މީއީ އަލަތު ދަރިފުޅެވެ. ޝްވެތާ ބަނޑުބޮޑުކަން ހިއްސާކުރުމާއެކު ގިނަ ތަރިންތަަކެއް ވަނީ އެމީހުންނަށް މަރުހަބާ ކިޔާފައެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *