ޕްރިޔަންކާއާއި ނިކްގެ ދަރިފުޅު ވިހެއީ ދުވަސްނުފުރާ: ރިޕޯޓް

ޕްރިޔަންކާއާއި ނިކްގެ ދަރިފުޅު ވިހެއީ ދުވަސްނުފުރާ: ރިޕޯޓް

ބޮލީވުޑާއި ހޮލީވުޑްގެ ވެސް ތަރި ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ ލަވަ ކިއުންތެރިޔާ ނިކް ޖޯނަސް، ސަރޮގެސީ މެދުވެރިކޮށް ހޯދި އެމީހުންގެ އަލަތު ދަރިފުޅު، ވިހާފައިވަނީ ދުވަސްނުފުރާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ މެއިލުން ބުނި ގޮތުގައި އެދެމީހުންގެ ދަރިފުޅުށް ދުވަސްފުރޭ ތާރީހުކަމަށް ކަނޑައަޅާފައިވަނީ އެޕްރިލް މަހެވެ. ނަމަވެސް 12 ހަފްތާ ކުރިން ދަރިފުޅު ވިހާފައި ވާއިރު އެކުއްޖާ އަދި ވެސް އޮތީ ހޮސްޕިޓަލްގައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޕްރިޔަންކާ އާއި ނިކް އިންތިޒާރު ކުރަމުންދަނި ޕްރިމެޗުއާ ބޭބީ ހޮސްޕިޓަލުން ނެރޭނެ ދުވަހަކަށް ކަމަށްވެސް ޑެއިލީ މެއިލުން ބުނެފައިވެއެވެ. އެކުއްޖާ އޮތީ ސައުތު ކެލިފޯނިއާގެ ހޮސްޕިޓަލެއްގައި ކަމަށާއި ހޮސްޕިޓަލުން ދޫކޮށްލިހާ އަވަހަކަށް ދަރިފުޅު ލޮސްއެންޖަލިސްއަށް ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މަހުގެ 15 ގައި ދަރިފުޅު ލިބުނު ކަމުގައިވިޔަސް މި ދެތަރިން ސޯޝަލް މީޑިއާގައި މި ޚަބަރު ހިއްސާކޮށްފައިވަނީ ހުކުރު ދުވަހުގެރޭގައެވެ.

 

View this post on Instagram

 

A post shared by Nick Jonas (@nickjonas)

ދަރިޔަކު ހޯދުމަށް މި ދެތަރިން ސަރޮގެސީ ހިޔާރުކުރީ ދަރިޔަކު ވިހެއުމުގައި ޕްރިޔަންކާގެ އެއްވެސް މައްސަލަތަކެއް ހުރެގެން ނޫންކަމަށާއި، މަސައްކަތުގެ ޝެޑިއުލްތައް ހުރިގޮތުން އެވަރަށް ވަގުތު ހުސްކުރަން ދަތިވުމުން ކަމަށްވެސް އެދެތަރިންނާއި ގާތް ފަރާތަކާ ހަވާލާދީ ޑެއިލީ މެއިލުން ބުނެފައިވެއެވެ.

އުމުރުން 29 އަހަރުގެ ނިކާއި 39 އަހަތުގެ ޕްރިޔަންކާ ކައިވެނި ކޮށްފައިވަނީ ވަރަށް ކުލަގަދަ ހަފްލާއެއްގައި 2018 ވަނަ އަހަރު އިންޑިއާގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *