"ޖީލޭ ޒަރާ"ގެ ރޯލެއް ވިކީއަށް

"ޖީލޭ ޒަރާ"ގެ ރޯލެއް ވިކީއަށް

ޑައިރެކްޓަރ އަދި އެކްޓަރ ފަރްހާން އަޚްތަރު ހެދުމަށް އިއުލާން ކޮށްފައިވާ ފިލްމު "ޖީލޭ ޒަރާ"ގެ ރޯލަކަށް އެ ފިލްމުގެ އެއް ތަރި ކެޓްރީނާ ކައިފްގެ ފިރިމީހާ ވިކީ ކޯޝަލް ސޮއި ކޮށްފިއެވެ.

ފަރްހާން ޑައިރެކްޓް ކުރާ މި ފިލްމުން އޭނާގެ އެކްޓިންގ ވެސް ފެންނާނެއެވެ. މި ފިލްމަކީ އަންހެން 3 ރަހުމަތް ތެރިއެއްގެ ރޯޑް ޓްރިޕެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ކުރިން ފަރްހާން ބުނެފައިވާ ގޮތުގައި ފިލްމަށް އެކްޓަރުން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި ފިލްމު އިއުލާންކޮށްފައި ވަނީ މިދިއަ އަހަރުއެވެ.

ލީޑުރޯލުން ކެޓްރީނާ ކައިފް، ޕްރިއަންކާ ޗޯޕްރާ އަދި އާލިއާ ބަޓް ފެނިގެންދާ މި ފިލްމުގެ ޝޫޓިން މި އަހަރު ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި ފިލްމަކީ އެކްސެލް އިން ހަދާ ތިން ވަނަ ރޯޑް ޓްރިޕް ފިލްމެވެ. ކުރީގެ ދެ ފިލްމަކީ ތިން ފިރިހެން އެކުވެރިންގެ ވާހަކަ ކިޔައިދިން 2001 ގެ "ދިލް ޗާތާ ހޭ" އާއި 2013 ގެ "ޒިންދަގީ ނާ މިލޭގީ ދުބާރާ"އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *