ކޯވިޑް ޖެހިގެން ނޯރާގެ ހާލަތު ވަރަށް ގޯސް!

ކޯވިޑް ޖެހިގެން ނޯރާގެ ހާލަތު ވަރަށް ގޯސް!

ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިއާ ނޯރާ ފަތޭހީއަށް ކޯވިޑް ޖެހިއްޖެއެވެ.

އިންސްޓަގްރާމްގައި ނޯރާ ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. ކޯވިޑްގެ ސަބަބުން އޭނާ ހާލު ވަރަށް ގޯސް ކަމަށާއި އެނދުންވެސް ތެދުވަން ދަތި ކަމަށާއި ގޭގައި ޑޮކްޓަރުން އޭނާއަށް ފަރުވާ ދެމުން އަންނަކަމަށް ނޯރާ ބުނެފައިއެވެ.

ބޮލީވުޑަށް ކޯވިޑްގެ ރާޅެއްޖަހައި ގިނަ ތަރިން ތަކެއް ދާދިފަހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ބޮލީވުޑްގެ ގިނަ ތަރިން ތަކެއް ކޯވިޑަށް ޕޮޒިޓިވް ވާން މެދުވެރިވެފައިވަނީ އާ އަހަރާއި ދިމާކޮށް ގިނަ ޕާޓީތަކެއް ބާއްވާ ކޯވިޑް ގައިޑް ލައިންއާއި ހިލާފު ވުމުން ކަމަށް ރިޕޯޓްތަށް ބުނެއެވެ.

ނޯރާ ޕޮޒިޓިވް ވުމާއި ގުޅިގެން މުނިފޫހިފިލުވުނުގެ ދާއިރާގެ ގިނަ ބަޔަކު ވަނީ އޭނާއަށް އަވަސް ޝިފާ އަކަށް އެދި މެސެޖްތައް ފޮނުވާފައެވެ.
މިއީ ނުރައްކާތެރި ބައްޔެއް ކަމުންނާއި އަދި ބަލީގައި ވަރަށް ބޮޑުވަރު ވާތީ މި ބަލިން ރައްކާތެރިވުމަށް ނޯރާ ވަނީ ނަސޭހަތްތެރިވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *