"އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަނުން ޒަމީރުގެ ސޮއި ނެގުމަށް ގޮވާލައިފި

"އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަނުން ޒަމީރުގެ ސޮއި ނެގުމަށް ގޮވާލައިފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިސްވެ މިހާރު ތައްޔާރު ކުރަމުންދާ "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަންގައި މާލެ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރު އަޙްމަދު ޒަމީރު ސޮއިކުރުމުން އެދާއިރާގެ އެމްޑީޕީގެ ރައީސް އެކަން ކުށްވެރިކޮށްފިއެވެ.

މައްޗަން ގޯޅި މެދު ދައިރާގެ އެމްޑީޕީ ރައީސް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން އިސްވެތިބެ ހިންގާ ސިޔާސީ ހަރަކާތްތެއްކަމުގައިވާ "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަނުގައި މައްޗަންގޮޅި މެދު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކޮށް ހޮވިވަޑައިގެންފައިވާ މާލެ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރ އަހުމަދު ޝަމީރު ސޮއިކުރުން އެއީ އެމްޑީޕީއާއި، އިދިކޮޅު ފަރާތްތަކަށް ވާގިވެރިވުމުގެ ގޮތުން އެމީހުން ހިންގާ ހަރަކާތަށް ބާރުލިބޭގޮތަށް ކޮށްފައިވާ އަމަލެއްކަމުގައި ދެކި، އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެން ހުރެ އެ ޕެޓިޝަނުގައި ސޮއިކުރުން އެއީ އެމްޑީޕީގެ އަސާސީ ޤަވާއިދާއި، ދުރޫސުލް އަޚްލާޤުގެ ހަމަތަކުން ބޭރުކަމެއް ކަމުގައި ދެކި އަދި ކައުސިލަރ ސަމީރުގެ މި ޢަމަލުގެ ސަބަބުން އެދާއިރާގެ އެމްޑީޕީގެ އާންމު މެންބަރުން ކަންބޮޑުވުން ފާޅުކުރަމުންދާތީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ މައްޗަންގޮޅި މެދު ދާއިރާއިން މި ޢަމަލު ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށެވެ.

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ޚާރިޖީ ސިޔާސަތަކީ އެހެނިހެން ގައުމުތަކާ އެކު ހާރިޖީ ގުޅުން ވަރުގަދަކޮށް ދެމެހެއްޓުންކަމަށްވުމާއި، ދިވެހިރާއްޖެއާ އިންޑިއާގެ ގުޅުމަކީ ޒަމާންތަކެއްވީ ހަރުދަނާ ގުޅުންތަކެއް އޮންނަ އަވަށްޓެރި ގައުމަކަށްވާތީއާއި، އިދިކޮޅު ފަރާތްތަކުން އިސްވެތިބެ ހިންގާ "އިންޑިއާ މިލިޓަރީ އައުޓް" ހަރަކާތަކީ ދިވެހިރާއްޖެއާ އަވަށްޓެރި އިންޑިއާ ދެމެދު އޮންނަ ވަރުގަދަ ގުޅުންތައް ހީނަރުކޮށް، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާގޮތަށް ބައްޓަންކޮށްގެން ރޭވިގެން ހިންގާ ވިޔާނުދާ ޢަމަލެއްކަމަށެވެ.

އިދިކޮޅުން ހިންގާ މިފަދަ ނޭއްގާނީ ހަރަކާތްތަކުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުސިލަރު ބައިވެރިވުން އެއީ ބަލައިގަނެވޭނެކަމެއްކަމުގައި ނުވާތީ، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެކަންތައްތައް ނުކުރުމަށާއި އެ ސޮއި އަނބުރާ ނެންގެވުމަށް މި ދާއިރާގެ އެމްޑީޕީ މެންބަރުންގެ ފަރާތުން ކައުމްސިލަރ އަހުމަދު ޝަމީރުއަށް އެދާއިރާގެ ރައީސް ވަނީ ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *