ޝާހިދު، މީރާއަށް ސަޕްރައިޒެއް ދީފި

ޝާހިދު، މީރާއަށް ސަޕްރައިޒެއް ދީފި

ޝާހިދް ކަޕޫރް އޭނާގެ އަންހެނުން މީރާ ރާޖްޕުތަށް ވަނީ ވަރަށް ލޯބިން ސަޕްރައިޒެއް ދީފައެވެ. އެގޮތުން އޭނާވަނީ މީރާއަށް ބޮޑު މާބޮޑިއެއް ދީފައެވެ. މީރާވަނީ މި ރީތި މާބޮނޑީ ފޮޓޯއެއް އޭނާގެ އިންސްޓްގްރާމުގައި ހިއްސާކޮށްފަ އެވެ. އަދި މި ފޮޓޯ ހިއްސާ ކުރަމުން މީރާވަނީ، ޝާހިދް އޭނާގެ ހިތާ ކުޅެލަނީ މިހެން ކަމަށް ބުނެފައެވެ.

ޝާހިދާއި މީރާގެ ފޭނުން ވަނީ މި ޕޯސްޓަށް ކޮމެންޓު ކޮށްފައެވެ. މީގެ ތެރޭގައި " ލަކީ ޔޫ"، " ހާދަ ރޮމޭންޓިކް އޭ"، "ސޯ ސްވީޓް ޝާހިދްކަޕޫރް،  އެހެން މީހުންނަށް ވެސް ތިހެން އުޅެން ދަސްކޮށްދީބަށް"، "މީރާ ހާދަ ނަސީބު ގަދަ އެޭ" ފަދަ ކޮމެންޓުތައް ފާހަގަ ކޮށްލެވެއެވެ.

 

View this post on Instagram

 

A post shared by Mira Rajput Kapoor (@mira.kapoor)

ޝާހިދާއި މީރާގެ ކައިވެންޏަށް ހަ އަހަރު ވަރަށް އަވަހަށް ފުރޭނެއެވެ. މީރާ ޝާހިދްއާއި ކައިވެނި ކުރީ އޭނާގެ އުމުރުން 20 އަހަރުގައެވެ. ފިލްމު ފެއަރ އާއި ވާހަކަ ދައްކަމުން ޝާހިދް ބުނެފައިވަނީ ކައިވެންޏަށް ފަހު ދިރިއުޅުން މީރާއަށް ފަސޭހަ ނުވާނެ ކަން އޭނާއަށް އެނގޭ ކަމަށެވެ. އަދި އެދެމީހުންގެ ދެމެދުގައި 13 އަހަރުގެ އުމުރުގެ ތަފާތެއް ހުންނަކަމަށް ވެސް ޝާހިދް ވަނީ ބުނެފައެވެ.

މީރާ އާއި ޝާހިދްގެ ދެކުދިންގެ ތިބެއެވެ. އެއީ މިޝާ ކިޔާ އަންހެން ކުއްޖަކާއި އަދި ޒައިން ކިޔާ ފިރިހެން ކުއްޖެކެވެ. މީރާ ބުނެފައިވަނީ ދަރިންގެ ކަންތައްތަކުގައި ޝާހިދް ވަރަށް އެހީތެރިވާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *