އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ މި ސަރުކާރުގައި އެމީހުންގެ ރޭންކިން ހައިވާ ކަމެއް ކަމުގައި ސަލަފްގެ އިސްމެމްބަރެއް ކަމުގައި އަލީ ރަމީޒު ވިދާޅުވެއްޖެއްޖެވެ.
އަލީ ރަމީޒު މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ އެކި މަޤާމުތަކަށް އިސްކާމްދީނަށް ފުރައްސާރަކޮށް، އިސްލާމީނާއި ގުޅޭގޮތުން އެކި ވާހަތައް ދެއްކެވިކަމުގެ ތުހުމަތު ކުރެވޭ ބޭފުޅުން އައްޔަން ކުރައްވަމުންދާތީ އެކަމަށް ފާޑުވިދާޅުވެފައެެވެ. އަލީ ރަމީޒު މިހެން ވިދާޅުވެފައިވަނީ ދާދިފަހުން އެންވާރުމަންޓު މިނިސްޓްރީއަށް އައްޔަން ކުރެއްބި ޝައުނާއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާރިޖީ ކަންކަމާއި ގުޅޭބައިގެ އިސްމަޤާމެއް ފުރުއްވަމުންދާ ޞަބްރާ ނޫރައްދީންގެ ފޮޓޯއާއިއެކު މީހަކު ކޮށްފައިވާ ޓްވީޓަކަށާއި ގުޅިގެންނެވެ.
އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ މި ސަރުކާރުގައި އެމީހުންގެ ރޭންކިން ހައިވާ ކަމެއް.
– އަލީ ރަމީޒު ވިދާޅުވިއެވެ.
Islam dheenah furassaara kurumakee mi sarukaaruga emeehegge ranking high vaa kameh. https://t.co/Y9u4qsi2rp
— Ali Rameez (@aliramyz) May 5, 2021
އަލީ ރަމީދު މިހެން ވިދާޅުވެފައިވާއިރު އޭނާ ނިސްބަތްވާ ސަލަފުން ވަނީ އިސްލާމްދީނާއި ޚިލާފަށް ސަރުކާރުގެ އެކި މަޤަމުތަކުގައިތިއްބެވި ބޭފުޅުންގެ ޝާމިލުވުމާއިއެކު ނެރުނު އެމްޑީއެން ރިޕޯޓާއި ގުޅިގެން ބޮޑެތި ފާޑުކިތުން ސަރުކާރަށް އަމާޒުކޮށްފައެވެ.
ކީރިތި ގުރްއާނަށް އެއްވެސް އުނި އިތުރުކަމެއް އައިސްފައި ނުވާ ކަމަށް ބުނާ ވާހަކައަކީ، ހަމައެކަނި މުސްލިމުންގެ ޚިޔާލުކަމުގައްޔާއި، އެއީ ތެދު ހަގީގަތެއް ނޫން ކަމަށް ބުނެ ދޮގު ބުހުތާނު ވާހަކަތައް ލިޔެފައި ވެއެވެ. އަމިއްލަ ނަފްސަށްވުރެ ބޮޑަށް ކީރިތި ރަސޫލާއަށް ލޯބިވާން ޖެހޭނެ ކަމަށް އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމާއި އެކަލޭގެފާނަށް ފާޑު ކިޔުމީ ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ތެރެއިން އޮންނަންޖެހޭ ފުރުސަތެއް ކަމަށް ބުނެ، ޝައިތާނީ ވާހަކަތައް ލިޔެފައި ހުއްޓެވެ.
ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކަމަކަށް ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައިވެސް ވެއެވެ. ހައްދުތަކާއި ގިސޯސްއާއި މަރުގެ ހުކުމާއި ދެކޮޅު ހަދައި އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަކީ ފުލޯކު ވާހަކައެއް ކަމަށް ސިފަ ކޮށްފައި ވެއެވެ. ހުކުރު ހުތުބާތަކުގައި ނަރަކަ އާއި ކައްވަޅާއި، އަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ އޭގެ ސަބަބުން ބިރުވެރިކަން އުފެދޭ ކަމަށް ބުނެވެސް ތަފާތު ވާހަކަތައް ލިޔެފައި އޮތެވެ.
އެގޮތުން އިސްރާއާ މިއުރާޖުގެ ހާދިސާއަކީ ގުރުއާނުން ސާބިތުވާން އޮތް ހަގީގަތެއް ކަމަށާ ނަމަވެސް އެއީ ހިޔާލީ ވާހަކައެއް ކަމަށް ދޭހަކޮށްދޭން ދޮގު ރިޕޯޓް ނެރުނު އެމްޑީއެންގެ މީހުން އަދިވެސް ތިބީ މިނިވަންކަން މަތީ ދޫކޮށްލެވިފައި ކަމަށެވެ. އެ މީހުންގެ މައްޗަށް ކުރެވުނު ތަހުގީގެއް އަދި އެޅުނު ފިޔަވަޅެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.
ސަލަފުން ވަނީ އެމްޑީއެންއާ ދެކޮޅަށް ހަގީގީ ފިޔަވަޅު އަޅައި ލާދީނީ ރިޕޯޓް ނެރުނު މީހުންނަށް ފިޔަވަޅު އަޅައިދިނުމަށް ގޮވާލާފައެވެ.