ނޭޙާ އާއި ރޯހަންގެ ކައިވެންޏަށް 6 މަސް ފުރުން ފާހަގަ ކޮށްފި

ނޭޙާ އާއި ރޯހަންގެ ކައިވެންޏަށް 6 މަސް ފުރުން ފާހަގަ ކޮށްފި

ނެހާ ކައްކަރާއި އޭނާގެ ފިރިމީހާ ރޯހަންޕްރީތު ސިންގ ވަނީ އެދެމީހުންގެ ކައިވެންޏަށް 6 މަސް ފުރުން މިދިޔަ ހޮނިހިރު ދުވަހު ފާހަގަ ކޮށްފައެވެ. މި ދެ މީހުން ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 24 ގައެވެ.

ކައިވެންޏަށް 6 މަސް ފުރުމުގެ މުނާސަބަތުގައި ނޭހާ ވަނީ އެދެމީހުންގެ ކައިވެނީގެ ފޮޓޯ އަދި ވީޑިއޯ ހިއްސާކޮށްފަ އެވެ. އަދި މި މުނާސަބަތު އިތުރަށް ހާއްސަ ކުރަމުން ނެހާ ވަނީ ބެލުންތެރިންނާ މީގެކުރިން ހިއްސާ ނުކުރާ ފޮޓޯތަކެއްވެސް ހިއްސާކޮށްފަ އެވެ.

މި ފޮޓޯތައް ހިއްސާ ކުރަމުން ނެހާ ބުނެފައިވަނީ އޭނާގެ ފިރިމީހާއާ އެކުގައި ހޭދަކުރާ ކުރާ ކޮންމެ ދުވަހަކީ ލޯބި އިތުރުވާ ދުވަހެއް ކަމަށެވެ. އަދި ރޯހަންއާ އެކުގައި ހޭދަކުރަން ލިބޭ ކޮންމެދުވަހަކަށްވެސް އޭނާ ޝުކުރުވެރިވާކަމަށެވެ.

އިތުރުން ނޭހާގެ ފިރިމީހާ ރޯހަންވެސް ވަނީ މިފޮޓޯތައް ހިއްސާކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *