ރޯދަ މަހަށް ރައީސް ޔާމިން ގެއަށް ބަދަލުކޮށްދޭން އިދިކޮޅުން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިފި

ރޯދަ މަހަށް ރައީސް ޔާމިން ގެއަށް ބަދަލުކޮށްދޭން އިދިކޮޅުން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކޮށް، ރައީސް ޔާމިން ރޯދަމަހަށް ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފި އެވެ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާއާ ރައީސް އޮފީހުގައި ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމަކީ އިދިކޮޅު ކޯލިޝަނުން އެދިގެން ބޭއްވި ބައްދަލުވުމެއް ކަމަށްވެސް ޕީޕީއެމުން ބުނެއެވެ.

އަދި މިބައްދަލުވުމުގައި ރައީސް ޔާމިން ޖަލުގައި އޮންނެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެމަނިކުފާނު މިހާރުން މިހާރަށް ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސަށް ދަންނަވާފައި ވާކަމަށް އިދިކޮޅުކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅުން މި ބައްދަލުވުމަށް އެދުނު މަޤްސަދަކީވެސް ރައީސް ޔާމިނަން އިންސާފް ލިބޭނެ ގޮތެއް ހޯދުމާއި ރައީސް ޔާމިނާމެދު ސަރުކާރުން ކަންކަން ކުރައްވާގޮތުގެ ކަންބޮޑުވުން ފާޅުކުރުން ކަމަށެވެ.

އަދި އިދިކޮޅުން ރައީސަށް ދެންނެވި ކަންތައްތަކަށް ޤާނޫނީ އިމުގެ ތެރެއިން ކޮށްދެވެން ހުރި ކަންކަން ބައްލަވާނެ ކަމަށް ރައީސް ވިދާޅުވެފައި ވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމިން ގެއަށް ބަދަލުކުރުމަށް އެދި އެމަނިކުފާނުގެ އާއިލާ އިން ހޯމް މިނިސްޓްރީއަށްވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެކަމުގައި އަދި މިހާތަނަށް ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

މަނީ ލޯންޑަރ ކުރުމުގެ ކުށް، ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެފައިސާ ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 28 ނޮވެމްބަރު، 2019 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *