ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަަލަށް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަަލަށް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށްލާން ކުރިމިނަލް ކޯޓުުން ހުކުމް ކުރީ އަބްދުއްނާފިއު އީސާ ކިޔާ މީހަކަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާގައި، އެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) ގެ ދަށުން އަބްދުއްނާފިއު އީސާ ކުށްވެރިވެއްޖެ ކަމަށް ވަނީ ކޯޓުން ކަނޑައަޅައިފައެވެ.

އެ ގާނޫނުގެ ނުވަވަނަ މާއްދާއަކީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންފުމުގެ ކުށެކެވެ.

އެހެންކަމުން މި ކުށުގެ އުގޫބާތެއްގެ ގޮތުން އެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ށ) ގެ ދަށުން އޭނާ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *