ވެސްޓްޕާކް ސަރަހައްދުން ބޭރު މަގުގެ އެއްފަޅި މިރޭ ބަންދުކުރަނީ

ވެސްޓްޕާކް ސަރަހައްދުން ބޭރު މަގުގެ އެއްފަޅި މިރޭ ބަންދުކުރަނީ

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތަކަށް ތައްޔާރުވުމުގެ ގޮތުން، ވެސްޓްޕާކް ސަރަހައްދުން އެ މަގުގެ އެއްފަޅި މިރޭ ބަންދުކުރުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވީ، ބޮޑުތަކުރުފާނު މަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށް މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ މަގުގެ އެއްފަޅި ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ ވަގުތުން ފެށިގެން އެ ސަރަހައްދު ބޭނުންކުރާ ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މަގުގެ އެއްފަޅި ބަންދުކުރުމާ ގުޅިގެން މަގު ބޭނުންކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެމްޓީސީސީން ވަނީ މައާފަށް އެދިފައެވެ. އަދި މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މަގު ބޭނުންކުރައްވާ އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އެކި ސަރަހައްދުތަކުގައި ތާރުއެޅުމާއި ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތައް ދަނީ ބާރަށް ކުރެވެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *