ޝާހިދު މާދަމާ ވ. އަތޮޅަށް ވަޑައިގަންނަވަނީ

ޝާހިދު މާދަމާ ވ. އަތޮޅަށް ވަޑައިގަންނަވަނީ

ކުރިއަށް އޮތް އެމްޑީީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ، އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މާދަމާ ވ. އަތޮޅަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

މާދަމާ ވ. އަތޮޅަށް ވަޑައިގަންނަވާނެކަން މިރޭ ޝާހިދު ސޯޝަލް މީޑިއާގައި ކަށަވަރުކޮށް ދެއްވިއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ވ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ ހެނދުނު ފުރަތަމަ ވަޑައިގަންނަވާނީ ރަކީދޫއަށެވެ.

ރަކީދޫގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދެވުމަށްފަހު، ދެން ވަޑައިގަންނަވާނީ ތިނަދޫއަށެވެ. އެއަށްފަހު މާދަމާގެ ވަގުތެއްގައި ފެލިދޫ އާއި ކެޔޮދޫއަށްވެސް ވަޑައިގަންނަވާނެއެވެ. އެއަށްފަހު 10 ވަނަ ދުވަހު ވަޑައިގަންނަވާނީ ފުލިދޫއަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހުރިހާ ރަށެއްގައިވެސް ކެމްޕޭން ޓީމުތަކާއި އެމްޑީޕީގެ ޓީމުތަކާ ބައްދަލު ކުރައްވާނެއެވެ. އަދި ދޮރުން ދޮރަށް ހިންގެވުމާއި ކެމްޕޭނާއި ގުޅޭ އެކިއެކި ބައްދަލުވުންތައް ބާއްވާނެއެވެ.

ވ. އަތޮޅަށް މާދަމާ ވަޑައިގަންނަވާއިރު، ޝާހިދު މީގެކުރިން ވަނީ އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީއަށްވެސް ކެމްޕޭން ދަތުރުފުޅެއް ކުރައްވާފައެވެ. ޝާހިދުގެ ކެމްޕޭން ޝިއާރަކީ "ފުދުންތެރިދިވެހިރާއްޖެ" އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *