މި ސަރުކާރުން ވަކިކުރާ މުވައްޒަފުންނަށް އަޅުގަނޑުގެ ވެރިކަމެއްގައި ހައްގު ބަދަލު ހޯދައިދޭނަން: ޝާހިދު

މި ސަރުކާރުން ވަކިކުރާ މުވައްޒަފުންނަށް އަޅުގަނޑުގެ ވެރިކަމެއްގައި ހައްގު ބަދަލު ހޯދައިދޭނަން: ޝާހިދު

މި ސަރުކާރުން އަނިޔާވެރިކަމާއެކު ވަޒީފާއިން ވަކިކުރަމުންދާ މީހުންނަށް، އެމަނިކުފާނުގެ ވެރިކަމެއްގައި ޙައްޤު ބަދަލު ހޯދައިދެއްވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ މީސްމީޑިއާގައި ޙިއްޞާ ކުރެއްވި ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، މި ސަރުކާރުން އަނިޔާވެރިކަމާއެކު ވަކިކުރާ މީހުންނަށް މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅާއެކު އެމަނިކުފާނުގެ ވެރިކަމެއްގައި އިންސާފާއި ޙައްޤު ބަދަލު ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ.

މީގެއިތުރުން، ޚަރަދު ކުޑަކުރުމުގެ ނަމުގައި އަނިޔާވެރިކަން އިސްކޮށް، އެމްޑީޕީއަށް ނިސްބަތްވާ އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ވިދާޅުވެ ޝާހިދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ބޭނުންވާނަމަ، އާދައިގެ މުވައްޒަފުން ވަކިކުރުމުގެ ބަދަލުގައި ސަރުކާރުގެ ބޮޑެތި މަޤާމުތަކަށް ސިޔާސީ މުވައްޒަފުން ނެގުން ހުއްޓާލުމަށްވެސް ޝާހިދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *