Abdullah Shahid

ސަރުކާރުން ނަގާ ހުރިހާ ބިމެއް އަޅުގަނޑުގެ ވެރިކަމެއްގައި ކައުންސިލްތަކަށް އަނބުރާ ހަވާލު ކުރާނަން: ޝާހިދު

ސަރުކާރުން ނަގާ ހުރިހާ ބިމެއް އަޅުގަނޑުގެ ވެރިކަމެއްގައި ކައުންސިލްތަކަށް އަނބުރާ ހަވާލު ކުރާނަން: ޝާހިދު

ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން، އެގޮތަށް ނަގާ ހުރިހާ ބިމެއް އެމަނިކުފާނުގެ ވެރިކަމެއްގައި ކައުންސިލްތަކަށް އަނބުރާ ހޯދައި ދެއްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ސަރުކާރުގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން، މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ޝާހިދު ވިދާޅުވީ، މިގޮތަށް ނަގާ ހުރިހާ ބިމެއް، އެމަނިކުފާނުގެ ވެރިކަމެއްގައި ﷲ ގެ އިރާދަފުޅާއެކު އަނބުރާ ކައުންސިލްތަކާ ހަވާލުކުރައްވާނެ ކަމަށެވެ.

މި ބިލަކީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ، ނަމަވެސް ސަރުކާރާ ގާތް ގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. ރައްޔިތުންގެ މަޖިލީހުން މިއަދު މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ބޮޑު ތާއީދަކާއެކު މި ބިލު ފާސްކުރިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނެވެ.

މި އިސްލާހު ފާސްކުރުމާ ގުޅިގެން، މިއީ ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލައި، ކައުންސިލްތަކުގެ ބާރު ކަނޑުވާލުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *