މިއަދު ކުރިއަށްދާ އިންތިޚާބުގައި ޕީއެންސީގެ މެމްބަރަކު ވޯޓު ލަނީ. ފޮޓޯ: ޕީއެންސީ

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފެށިއްޖެ

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފެށިއްޖެ

ވެރިކަން ކުރާ ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިގެން ކުރިއަށް އެބަދެއެވެ.

މި އިންތިހާބުގައި މާލޭގެ އިތުރުން 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށް ދާނެ ކަމަށް، ޕީއެންސީގެ އިންތިހާބާބެހޭ ކޮމިޓީން ވަނީ ބުނެފައެވެ. އެ ދާއިރާތަކަށް 2،500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއެވެ.

އެ ޕާޓީން ބުނި ގޮތުގައި އިންތިހާބުގެ ވޯޓު ލުން ހެނދުނު 9:00 ން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

މާލޭގައި ވޯޓުލާ ސަރަހައްދުތަކާއި ދާއިރާތައް:

އަމީނިއްޔާ ސްކޫލްގައި ހުރި ވޯޓު ފޮށި ތަކަށް، މާލެ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫ

އިސްކަންދަރު ސްކޫލްގައި ހުރި ވޯ ޓުފޮށި ތަކަށް، ސިޓީތައް ފިޔަވާ އެހެން ރަށްރަށުގެ މީހުން

ހުޅުމާލެ ފޭސް 2، ކާމިލް ދީދީ ޕްރީސްކޫލްގައި ހުރި ވޯޓު ފޮށި ތަކަށް، ހުޅުމާލެ އުތުރު ދާއިރާގެ މީހުން

ހުޅުމާލެ ފޭސް 1، ރެހެންދި ސްކޫލްގައި ހުރި ވޯޓު ފޮށި ތަކަށް، ހުޅުމާލެ ދެކުނު ދާއިރާގެ މީހުން

ވިލިމާލެ، މުހިއްޔުއްދީން ސްކޫލްގައި ހުރި ވޯޓު ފޮ ށިތަކަށް، ވިލިމާލެ ދާއިރާގެ މީހުން

މިއަދު އޮންނަ އިންތިޚާބުގައި ޕީއެންސީގެ ބަޔެއް އިސްބޭފުޅުން ވޯޓު ލައްވަން ވަޑައިގަންނަވަނީ. ފޮޓޯ: ޕީއެންސީ

 

އިންތިހާބާބެހޭ ކޮމިޓީން ބުނީ، މި އިންތިހާބުގައި ޕީއެންސީގެ ވޯޓާސް ލިސްޓުގެ އަސާސެއް ކަމުގައި ބަލަނީ އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީ ވެފައިވާ ޕީއެންސީގެ މެމްބަރުންގެ ދަފްތަރަށް ކަމަށެވެ.

މި އިންތިހާބުގައި ވޯޓުލެވޭނީ މިދިޔަ ޖޫން މަހުގެ 15 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި ތިބި އެ ޕާޓީގެ މެމްބަރުންނަށް އެކަންޏެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުގައި މިވަގުތު އެ ޕާޓީގައި 74،048 މެމްބަރު އެބަތިއްބެވެ.

މި އިންތިހާބުގައި، ޕީއެންސީގެ ދާއިރާތަކަށް ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުން ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް އިންތިހާބު ކުރާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *