ވޯލްޑް ކަޕް މެޗުތައް ބޮޑު ސްކްރީނުގައި ބެލޭނެ ހަތަރު ތަނެއް ވެލާނާ އެއާޕޯޓުގައި ހަމަޖައްސައިފި

ވޯލްޑް ކަޕް މެޗުތައް ބޮޑު ސްކްރީނުގައި ބެލޭނެ ހަތަރު ތަނެއް ވެލާނާ އެއާޕޯޓުގައި ހަމަޖައްސައިފި

ވޯލްޑް ކަޕްގެ ފޯރި ރާއްޖޭގައި ގަދަވެފައިވާ ދަނޑިވަޅުގައި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެސް ވޯލްޑް ކަޕްގެ ފޯރިއަށް ވަރަށް ފުރިހަމައަށް ތައްޔާރުުވެއްޖެއެވެ.

އެ ކުންފުނިން ވަނީ ބޮޑު ސްކްރީނުން މެޗުތައް ލައިވްކޮށް ބަލައިލެވޭނެ ހަތަރު ތަނެއް ތައްޔާރު ކޮށްފައެވެ. އޭގެ ތެރެއިން ދެ ތަނަކީ ފަސިންޖަރުންނަށް ހާއްސަ ތަންތަން ކަމަށްވާ ޓާމިނަލް 1 އާއި ޓާމިނަލް 2 ގައި ގާއިމުުކޮށްފައިވާ ތަންތަނެވެ. ބޮޑު ސްކްރީންތަކުން ބަލާ ސަރަހައްދާ ތިން ވަނަ ތަން، ޓްރާންސްޕޯޓް ގްރައުންޑް އީސްޓަން ސައިޑްގައި ވެސް ގާއިމްކޮށްފައިވެއެވެ. ހަމަ އެހެންމެ، ކުންފުނީގެ މުުވައްޒަފުންނަށް ހާއްސަ ތަނެއް ގޮތުގައި އޭއާރްސީ ހޯލް ވެސް ވަނީ ތައްޔާރުުކޮށްފައެވެ. ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތަކުގެ ދިދަތަކުން މި ސަރަހައްދުތައް ވަނީ ޒީނަތްތެރިކޮށްފައެވެ.

މުުވައްޒަފުންގެ ފޯރި ވެސް ގަދަ ކުުރުުމަށް ހާއްސަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. ކޮންމެ ބުުރާސްފަތި ދުވަހެއްގައި ސަޕޯޓްކުުރާ ޓީމްގެ ޖޯޒީ ލައިގެން އޮފީހަށް އެވޭނެ ފުުރުސަތު ދީފައިވެއެވެ. އަދި މެޗުތަކުުގެ ސްކޯ ދިމާކުރުުމުުގެ ހާއްސަ މުބާރާތެއް ހުުޅުވާލާފައިވާ ކަމަށާއި، ގަދަ ތިނެއްގައި ހިމެނޭ ފަރާތްތަކަށް އަގުުހުުރި އިނާމުުތަކެއް ލިބިގެންދާނެ ކަމަށް ކުުންފުުނިން ބުުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *