އެމްޑީޕީގެ ކާމިޔާބީއާއެކު ސަރުކާރު ވަރަށް ބޮޑަށް ޖެހިލުން ވެއްޖެ: ކެލާ ޝަރީފް

އެމްޑީޕީގެ ކާމިޔާބީއާއެކު ސަރުކާރު ވަރަށް ބޮޑަށް ޖެހިލުން ވެއްޖެ: ކެލާ ޝަރީފް

އެމްޑީޕީއަށް ލިބިގެންދިޔަ ކާމިޔާބީއަކީ ސަރުކާރު ވަރަށް ބޮޑަށް ޖެހިލުންވެގެން ދިޔަ ކާމިޔާބީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެ ކާމިޔާބީއާއެކު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އޭގެ އިތުރުން ކެމްޕެއިން ދުވަސްވަރު ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތައް ހުއްޓިފައިވާ މަންޒަރު ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަކެތި ހަލާކުވާން ގާތްވެފައިވާ ކަމަށާއި އަލުން ފެށުމަށް އިތުރު ހަރަދުތަކެއް ކުރަންޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ދާއިރާ ކެލާ ދާއިރާއަށް ބެލި ނަމަވެސް ގިނަ ޕްރޮޖެކްޓުތައް ހުރީ ހުއްޓިފައި. ހިދުމަތްތައް ހަރުދަނާކޮށް އެފަދަ ކަންކަން ކުރުމުގެ މަސައްކަތް ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ. އެހެންނަމަވެސް އެކަމަށް ވެސް ކުރިއެރުމެއް ނުލިބޭ،" ޝަރީފް ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ޝަރީފް ވިދާޅުވީ ގިނަ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ ސީލިންގުވެސް ވެއްޓެން ގާތްވެފައިވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުން މާލެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރަން މަޖުބޫރުވެ ރަށްރަށް ހުސްވަމުންދާ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *