ޚަލީލްގެ ރައްދު ނަޝީދަށް: ޕީއެންސީއަކީ އެމްޑީޕީ ފަދައިން އޮޅުންބޮޅުން އަރާފައިވާ ކަންވާރު ބޮޅެއް ނޫން

ޚަލީލްގެ ރައްދު ނަޝީދަށް: ޕީއެންސީއަކީ އެމްޑީޕީ ފަދައިން އޮޅުންބޮޅުން އަރާފައިވާ ކަންވާރު ބޮޅެއް ނޫން

ސަރުކާރު ހިންގާ ޕީއެންސީ ބައިބައިވެފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައި، ޕީއެންސީއަކީ އެމްޑީޕީ ފަދައިން އޮޅުންބޮޅުން އަރާފައިވާ ކަންވާރު ބޮޅެއް ނޫން ކަމަށް މި ސަރުކާރުގައި ކުރިން ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް އެކްސްގައި ވިދާޅުވީ ޕީއެންސީގެ ލީޑަރޝިޕް އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި އެކަތިގަނޑެއްގެ ގޮތުގައި، ޤައުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އަޒުމުގައި ކަމަށެވެ. އަދި ޕީއެންސީއަކީ ދިވެހި ޤައުމުގެ ކަނޑާއި ބިމާއި މިނިވަންކަމާއި ސިޔާދަތު އިސްކުރާ ޕާޓީއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވަރަށް ބޮޑު ކުށް ހީއެއް. ޕީއެންސީ ދުވަހެއް ދުވަހަކަށް ދާނީ ވަރުގަދަ ވަމުން، އިންޝާﷲ، ޕީއެންސީއަކީ އެމްޑީޕީ ފަދައިން އޮޅުންބޮޅުން އަރާފައިވާ ކަންވާރު ބޮޅެއް ނޫން،" ޚަލީލް ވިދާޅުވިއެވެ.

ޚަލީލް މި ރައްދު ދެއްވީ މާލޭގައި އެމްޑީޕީން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގެ ތެރެއިން އެ ޕާޓީގެ ޗެއާޕާސަން ނަޝީދު، ޕީއެންސީ ބައިބައިވެއްޖެ ކަމަށާއި ރައީސް ޑރ. މުޢިއްޒު ލީޑަރޝިޕުން ވަކިކުރަންވީ ވަގުތު ޖެހިއްޖެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. އެ އިހުތިޖާޖުގައި އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ބައެއް ވަޒީރުންގެ އިސްތިއުފާއަށް ވެސް ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *