"ބޯހިޔާވަހިކަން އެންމެންނަށް": ފްލެޓާއި ގޯއްޗަށް 58،000 އަށްވުރެ ގިނަ ފޯމު

"ބޯހިޔާވަހިކަން އެންމެންނަށް": ފްލެޓާއި ގޯއްޗަށް 58،000 އަށްވުރެ ގިނަ ފޯމު

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 58،000 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އެދުމުގެ ފުރުސަތު ހަމަވިއިރު ޖުމްލަ 58،505 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 45،644 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، "ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން 12،861 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.

އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމްގެ ދަށުން ފްލެޓަށް 35،818 އަދި ބިމަށް 9،826 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. ގޯތިގެދޮރު ޕްރޮގްރާމްގެ ދަށުން ހުށަހެޅި 12،861 އެޕްލިކޭޝަންގެ ތެރޭގައި ފްލެޓަށް 112 އަދި ބިމަށް 12،749 އެޕްލިކޭޝަން ހިމެނެއެވެ.

މި ސްކީމްގެ ދަށުން ގްރޭޓާ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭ ގޮތަށް 15،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މާލެ ސަރަހައްދުން 7،900 ފްލެޓް ދޫކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *