"އެމްއެސް ރެގާޓާ" ކްރޫޒްލައިނާއިން 1،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް

"އެމްއެސް ރެގާޓާ" ކްރޫޒްލައިނާއިން 1،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް

ކްރޫޒްލައިނާ "އެމްއެސް ރެގާޓާ" ގައި ތިބި 1،000 އަށްވުރެ ގިނަ ފަސިންޖަރުންނާއި ކްރޫންނަށް ދިވެހި އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުން މިއަދު ކްލިއަރެންސް ދީފި އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި، ލައިނާގައި ތިބީ 623 ފަސިންޖަރުންނާއި 395 ކްރޫންނެވެ. "އެމްއެސް ރެގާޓާ" ރާއްޖެ އައިސްފައިވަނީ ސްރީ ލަންކާގެ ކޮލަމްބޯ އިން ފުރައިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރު މިހާތަނަށް ކްރޫޒްލައިނާތަކުގައި 13،800 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ކްރޫޒް ފަތުރުވެރިކަން ފުޅާވަމުންދާ ކަމުގެ ހެއްކެއް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ދެކެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *