ގްރޭޓާ މާލެ ސަރަހައްދުގައި ފްލެޓް އެޅުމަށް ބިމެއް ނެތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުުންގެ މަޖިލީހުގެ މިއަދުުގެ ޖަލްސާގައި ވަޒީރުުންނާ ސުުވާލުުކުުރުުމުުގެ ވަގުުތުގައި ގަލޮޅު ދެކުުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ކުުރެއްވި ސުުވާލަށް ޖަވާބުދެއްވަމުން، ކުރީ ސަރުުކާރުުން ހުޅުުމާލެ، ގުުޅީފަޅު، އަދި ގިރާވަރުުފަޅުުން ގޯތި ދީފައިވާތީ ފްލެޓް އަޅާނެ ބިމެއް ހިމަންނަން ޖާގަ ނެތިފައިވާ ކަމަށް މިނިސްޓަރ ވިދާޅުުވި އެވެ.
"ގިރާވަރުުގެ 169 ހެކްޓަރުުގެ ތެރެއިން 5،000 ގޯތި ނެގޭނެ ގޮތެއް އަޅުުގަނޑަކަށް ނުުވިސްނޭ. އެކަމަކުުވެސް އެވަރަށް ގޯތި ދީފަ އޮތީ. އެހެންވީމާ މި މާލެ ސަރަހައްދުގައި ފްލެޓް އަޅުުމަށްޓަކައި ބިމެއް ނެތް،" މިނިސްޓަރ ވިދާޅުުވި އެވެ.
ގްރޭޓާ މާލެ ސަރަހައްދުުގެ ހުުރިހާ ބިންތައް އެއްކޮށްލައިގެންވެސް ގިނަވެގެން އެޅޭނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 12،000 ފްލެޓް ކަމަށް ވިދާޅުުވި އެވެ.
ރަސްމާލެ މަޝްރޫއު ކުުރިއަށް ގެންދަން ޖެހެނީ ހަމަ އެހެންވެ ކަމަށާއި، ކުުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން ކުުރިއަށްދާ ބޮޑެތި ތަރައްގީގެ ހިޔާލެއްގެ ތެރޭގައި ހިމެނޭ ރަސްމާލެ ގިނަ ބައެއްގެ ހައުުސިން ވެގެންދާނެ ކަމަށް ހައުުސިން މިނިސްޓަރ ފާހަގަކުރެއްވި އެވެ.





