އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި އެވެ.
ފުލުުހުުން ހާމަކުރި ގޮތުގައި، އެ ތަކެތި ނައްތާލާފައިވަނީ މި ހަފުތާގެ ހޯމަ ދުވަހު ދޫނިދޫގައި، ކަމާ ބެހޭ ގަވާއިދުތަކުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ހާއްސަ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
ނައްތާލި ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ހުރި 4،690 ރަބަރު ޕެކެޓާއި، 2،768 ސެލޯފިންކޮޅާއި، ފިލްމު ހުސްކުރި 335 ދަޅާއި، 462 ބުލެޓާއި، 3،437 މަނާ ބޭސްގުޅަ ހިމެނެ އެވެ. މީގެ އިތުރުން އެހެނިހެން ތަކެތީގެ ގޮތުގައި 1،809 އައިޓަމެއް ވެސް ވަނީ ނައްތާލާފަ އެވެ.
މި ހަރަކާތަކީ މަސްތުުވާތަކެތި ނައްތާލުމާ ގުޅޭ ގަވާއިދުގެ ދަށުުން ކުުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ފުުލުުހުުން ވަނީ ބުނެފަ އެވެ. ތަކެތި ނައްތާލުުމުުގެ ހަރަކާތުުގައި ނޫސްވެރިންނާއި، ފުުރުސަތަށް ނަން ނޯޓުުކުރި އާންމުުން ވެސް ބައިވެރިވި ކަމަށް ފުުލުުހުުން ބުުންޏެވެ.
ފުުލުުހުުން ވަނީ، ތަހުުގީގަށް ބެހެއްޓުުމަށް ގާނޫނީ ގޮތުުން ލާޒިމްކުުރާ މިންވަރުުގެ ހެކި ރައްކާކުުރުމަށްފަހުުގައި، ބާކީ ހުުންނަ މަސްތުުވާތަކެތި ވީ އެންމެ އަވަހަކަށް ނައްތަމުން ދިއުމަށް ތަންފީޒުުކުުރަމުުން ދިއުުމަށް ހަމަޖެހިފައިވާ ކަންވެސް ހާމަކޮށްފަ އެވެ.





